ޒިދާން އަދި ބެންޒެމާ - ފޮޓޯ: ޕްލޭއިން ފޯ 90

ޒިދާންއަކީ އަހަރެންގެ ބޮޑު ބޭބެ – ބެންޒެމާ

ރެއަލްމެޑްރިޑްގެ ކޯޗު ޒިދާންއާއެކު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަމަށާއި، ޒިދާންއަކީ ބޮޑު ބޭބެ އެއްކަހަލަ މީހެއްކަމަށް ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ކަރިމް ބެންޒެމާ ބުނެފިއެވެ.

ޒިދާންއާއެކު އޮންނަ ގޮޅުން ބަދަހިވާންފެށީ ޒިދާން ކޯޗަކަށް ވުމުގެ މާކުރިންކަމަށާއި ފުޓުބޯޅައިގެ ކަންތައްތައްކުގައާއި ޙަޔާތުގެ އެކިއެކި ކަންތައްތަކުގައި ޒިދާން ބެންޒެމާއަށް އެހީތެރިވަމުން އަންނަކަމަށް ބެންޒެމާ ބުންޏެވެ.

" ރަޙްމަތްތެރިކަމަށްވުރެ މިގުޅުން މާވަރުގަދަ. ޒިދާންއަކީ އާޢިލާ މެންބަރެއް ކަހަލަ މީހެއް. އެއީ ހަމަ އަހަރެންގެ ބޮޑު ބޭބެ. " ބެންޒެމާ މީޑިއާއާއި ވާހަކަ ދައްކަމުން ބުންޏެވެ.

މިސީޒަންގައި ކްލަބައިން ހުސްއަތާ ނިންމާލަން ޖެހުނު ނަމަވެސް، ބެންޒެމާއަށް މިސީޒަންގައި ރަނގަޅު ކުޅުމެއް ދެއްކިފައިވާކަމަށް ޤަބޫލުކުކުރާކަމަށް ބުންޏެވެ. އަދި ކުރިއަށް އޮތްތާ ކުޅުން އިތުރަށް ރަނގަޅު ކުރަން ބޭނުންވާކަމަށްވެސް ބެންޒެމާވަނީ ބުނެފައެވެ.

މިސީޒަންގައި ބެންޒެމާ ރެއަލްމެޑްރިޑަށް 30 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ލަލީގާގައި 21 ލަނޑު ޖަހާފައިވެއެވެ. މިދިޔަ ސީޒަންއާ އަޅާކިއާއިރު މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިދިޔަ ސީޒަންގައި ބެންޒެމާއަށް ޖުމްލަ 12 ލަނޑު ކާމިޔާބުކޮށްދެވުނުއިރު ލަލީގާގައި ޖެހުނީ އެންމެ 5 ލަނޑެވެ.

އަންނަ ސީޒަންއަށް ޓީމު ވަރުގަދަކުރުމަށް ވަރަށް ގިނަ ބަދަލުތަށް ރެއަލްމެޑްރިޑަށް ގެންނާނެކަމަށް ލަފާކުރެވެއެވެ. ޗެލްސީގެ ހަޒާޑު މިހާރުވެސް ރެއަލްމެޑްރިޑްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ރިޕޯޓްކުރެވޭއިރު ރެއަލްމެޑްރިޑްގެ ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެ ނުވަތަ ލޯނަށް ދޫކުރާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ