ކުރިންވެސް ވެރިކަން ވެއްޓުނީ ދީނާ ކުޅެން ދިމާކުރުމުން ކަމަށް ވިދާޅުވެ ކުރީގެ މެންބަރު އަދި މަލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ވަރުގަދަ އިންޒާރެއް ސަރުކާރަށް ދެއްވައިފިއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އަންހެނުންނަށް ލިބެމުންދާ ޖިންސީ ގޯނާއާއި ގުޅޭ ގޮތުން ޑރ. މުޙައްމަދު އިޔާޒް ދެއްކެވި ވާހަކަ ފުޅަކަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.
އެގޮތުން އަލްހާން ވިދާޅުވެފައި ވަނީ ކުރިންވެސް ވެރިކަން ވެއްޓުނީ ދީނާ ކުޅެން ދިމާކުރުމުން ކަމަށާއި، އަދި މެދުމިނަށް ތާއީދޭ ކިޔައިގެން އައުރަ ނިވާނުކޮށް މުޒަަހަރާކުރަން ނުކުތުމުންކަމަށެވެ.
އަލްހާންގެ އިތުރަށް ވިދާޅުވެފައި ވަނީ އަނެއްކާވެސް، މަޖްލިސް ހިސޯރުކޮށްގެން ރައީސް ނަޝީދު އެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ދިވެހިން ނުތިބޭނެކަން ހަނދާންކޮށްދެއްވާކަމަށެވެ. މަޖްލިސް ހިސޯރުކޮށްގެން ރައިސް ނަޝީދު އެ މަސައްކަތް ކުރިޔަށް ގެންދާ މަންޒަރު ބަލަން ދިވެހިން ނުތިބޭނެކަން ހަނދާންކޮށްދެން- ވައްޓާލާނަން" އަލްހާން ވިދާޅުވެފައިވެއެވެ.




ހިޔާލު
Dimekureseege namugaa MDP mi kuraa kamakee anhenunge aburaa karaamaathaa sharafu veyyaa modun,
Emmenge kurimatheegaa thi mees meehun barahanaa vegen ulhumakee mi kamuge hekkeh.