ކިވިޑް-19 ގެ ސަބަބުން ގިނަ ދަވަސްތަކަކަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ރާއްޖެގެ ބޯޑަރު އަލުން ހުޅުވުމާއި ގުޅިގެން ޑީއާރްޕީން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެގޮތުން ޑީއާރްޕީން ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ކޮވިޑް-19ގެ ލޮކްޑައުންނަށްފަހު ބޯޑަރު އެންމެ އަވަހަށް ހުޅުވާލާ އިޤްތިސާދު ހުޅުވާލި ޤައުމަކަށް ރާއްޖެ ވުމަކީ ފަހުރު ވެރިވާ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކީ ހީރޯއެއް ކަމަށާއި ރައީސް އަށް ޝުކުރު އަދާކުރައްވާ މަހުހަބާ ދަންނަވައިފަވެއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ގޮތުން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ޤަތަރު އެއާވޭސްގެ ކިއު.އާރު 672 އެވެ. ޤަތަރު އެއަރވޭސްގެ ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ. ރާއްޖެއަށް އައުމަށް ޤަތަރު އެއަރވޭސްއިން ފުރަތަމަ ޝެޑިއުލްކޮށްފައިވާ އޭ ތްރީ ޓުވެންޓީ މަރުކައިގެ ބޯޓެއް ކަމަށެވެ. މިއީ ގާތްގަނޑަކަށް 140-170 އާއި ދެމެދުގެ އަދަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ. ރާއްޖެއަށް އޮތް ޑިމާންޑު ބޮޑުވެ، ޤަތަރު އެއަރވޭސްއިން ފަހުން ވަނީ ރާއްޖެއަށް ކުރާ ދަތުރުގައި އޭ ތްރީ ފިފްޓީ މަރުކައިގެން ބޯޓެއް ބޭނުން ކުރުމަށް ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 300-350 ދެމެދުގެ އަދަަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ.
މިހާރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭނެ ގޮތްވަނީ ހަދާފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ނަމައެވެ. އެހެން ނަމަވެސް، ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެއެވެ.
މިއަދު ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ ޝެޑިއުލް ފްލައިޓް ތަކަށް ހިލޭ ޖެއްސޭނެ އެވެ. ގްރައުންޑް ހޭންޑްލިންގެ ހިދުމަތްތަކާއި ލޭންޑިން ފީ އަދި ނެވިގޭޝަން ފީގެ އިތުރުން ޕާކިން ފީ އިން 50 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ ބޮޑު ޑިސްކައުންޓެއް ދޭނެ އެވެ. ރާއްޖެ އަންނަން މިހާތަނަށް 11 އެއާލައިނަކުން ޝެޑިއުލް ނެރެފަ އެވެ. މީގެތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިން ތަކެއް ހިމެނެއެވެ.




