ސަފާރީ ރޭޕް: 11 މީހުންގެ ބަޔާން ނަގައި ހެކި ހޯދަން ފީނައިފި

2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލައިގައި 11 ފަރާތެއްގެ ބަޔާން ނަގައި ސަފާރީ އޮތް ސަރަހައްދު ފީނައިގެން ބަލާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒްމާ ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2020 ޖޫން 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު ކަމަށާއި، މި މައްސަލައިގައި މިހާތަނަށް 11 މީހުންގެ ބަޔާން ނަގައި، ސަފާރީ އޮތް ސަރަހައްދުން ހެކި ހޯދުމަށްޓަކައި ޑައިވްކޮށްގެން ބަލާފައިވާ ކަމަށެއެ.

މި މައްސަލައިގައި ޑޮކްޓަރަށް ދައްކާފައިވަނީ ހެނދުނު 09:30 ގައި ކަމަށާއި، އެ ވަގުތަކީ މި މައްސަލައިގައި ޑޮކްޓަރަށް ދެއްކުމުގައި ލަސް ވަގުތެއް ނޫން ކަމަށާއި، ޖިންސީ ގޯނާ ލިބުނު އަންހެން މީހާ ހެދުން ބަދަލުކުރުމަކީވެސް ރަނގަޅަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މެންދުރު.އެމްވީ ގެ ނަމުގައި ހިންގާ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތު ކަމަށާއި، އެ މައްސަލަ ވަކިން ބަލަމުން އަންކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ