ޢަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި 15 މީހެއްގެ ބަޔާން ނަގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުން ވިދާޅުވީ، 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، މައްސަލައާއި ގުޅުންހުރި ހެކި ހޯދައި، ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެއްކުރަންޖެހޭ އިތުރު މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައަކީ ތަޙްޤީޤްގެ ވަރަށް ކުރީ މަރުހަލާއެއްގައި އޮތް މައްސަލައެއް ކަމަށްބުނެ، މި މައްސަލައާއި ގުޅޭ އިތުރު ގިނަ ސުވާލުތަކަށް ފުލުހުން ޖަވާބުދެއްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ