އުމުރުން ނުވަ އަހަރުގެ ކުއްޖަށް އެ ކުއްޖާގެ ދެ ބޭބެއަކު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުހް ވިދާޅުވީ, މިހިނގާ މެއި މަހުގެ 10 ވަނަ ދުވަހުރޭ 22:40 ހާއިރު 9 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ހާނީއްކަ ލިބޭކަމަށް އަތޮޅުތެރެއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށެވެ.
އެ މައްސައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އެ ކުއްޖާގެ އުމުރުން 16 އަހަރުގެ ބޭބެއަކަށާއި އުމުރުން 13 އަހަރުގެ ބޭބެއަކަށް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ތަހްޤީޤް ކުރަމުންދާއިރު، ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކުޑަކުއްޖަކު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.




