ރެޖިސްޓަރީވާން ބިދޭސީން ގަލޮޅު ދަނޑުގައި / ފޮޓޯ: މިހާރު

ބިދޭސީންގެ ލިޔުންތައް އަމިއްލައަށް ވީދާލަނީ ކަމަށް ނަޝީދު ތުހުމަތު ކޮށްފި

ބިދޭސީންގެ ލިޔުންތައް އަމިލައަށް ވީދާލަނީ ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝިދު ތުހުމަތު ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ތުހުމަތު ކުރައްވާފައި މިވަނީ ޤަވާއިދާއި ޚިލާފަށް ގެންގުޅޭ ބިދޭސީންގެ ގިނަ މައްސަލަތައްކެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައެވެ. އަދި ބިދޭސީ މަސައްކަތް ތެރިން ގެންގުޅެމުން އަންނަ ގިނަ ފަރާތްތަކަކުން އެމީހުންނާއި ދޭތެރޭ އިހާނެތިކޮށް ހިތާ މައްސަލަތަކާއި، މުސާރަ ނުދީ އެތައް މަސްތަކެއް ވަމުންދާ ކަމުގެ ގިނަ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން ބިދޭސީންގެ ފަރާތުންވެސް ވަނީ ބޮޑެތި ކަންތައްތަކެއް ފެންމަތިވެފައެވެ. އެގޮތުން މުޒާހަރާ ކުރުމާއި، ރަހީނު ކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ހަމަ ނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާ ދިނުން ފަދަ ގިނަ ކަންތައްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

"ބެރުމީހުން" މި ނަމުގައި ނަޝީދު ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ބޭރު މީހުން ގިނަވެދިޔަ އެންމެ ބޮޑު އެއްސަބަބަކީ ރާއްޖެ ތަނަވަސް ވީކަމުންކަމަށާއި، ދެކުނު އޭޝިޔާގެ ހުރިހާ ގައުމަކަށް ވުރެ ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ އިތުރުކަމަށެވެ. ހަޤީޤަތުގައި މި އިތުރުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ބޭރު މަސައްކަތުމީހާ ކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން 5 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ގެންދެވިފައި މިވަނީ، ވަރަށް ހެޔޮ އަގުގައި، އަދި ވަރަށް ނިކަމެތި ހާލަތުގައި މީހުން ގެންގުޅެ، އެމީހުން ލައްވާ ވަރަށް ބުރަ މަސައްކަތް ވަރަށް ގިނަ ދުވަސްވަންދެން ކުރުވައިގެންކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވެފައި ވަނި މާލޭގެ ބިމުގެ އަގު އުފުލުމުން، މާލޭގެ ބިން ކުއްޔަށް ދޫކޮށް އެމީހުންގެ އަތުންފައިން އޭގެ ކުރިން ކުރަމުން ދިޔަ ވަރަށް ގިނަ ކަންކަން ކުރުން ހުއްޓާލިކަމަށާއިި އޭގެ ބަދަލުގައި އަގު ހެޔޮކޮށް ބޭރު މީހެއް ގެނުވާ އެމީހުންލައްވާ ގުލާނު ކުރުވާން ފެއްޓިކަމަށެވެ.

ނަޝީދު ވިދާޅުވެފައިވަނީ ބޭރު މީހާ އެހުރީ ރާއްޖެގައި ކަމަށާއި، އެއީ ކާކު ކަމެއް އަންގައިދޭ އެއްވެސް ލިޔުމެއް އެމީހާ އަތުގައި ނެތްކަމަށެވެ. "އޭނާ އަމިއްލައަށް ވީދާލީ ކަމުވުމީ ވަރަށް ގާތްގޮތެއް، ނޫންނަމަ އޭނާ ގެނައި މީހާ އެ ލިޔެކިޔުން ނައްތާލީ" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވެފައިވަނީ އެމީހާއަކީ ކާކުކަން ދިވެހި ސަރުކާރަށާއި، އޭނާގެ އަމިއްލަ ޤައުމަށްވެސް ސާފުކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނު ނަމަވެސް އޭނާ ފޮނުވުމަށް މަސައްކަތް ކުރާ ރަށުގެ ސަރުކާރުން އޭނާ އެ ރަށަށް ގެނައުމަށް އެއްބަސްވެ، އެއްބާރުލުން ނުދެ ނަމަ އޭނާ ރާއްޖެއިން ފޮނުވާލެވޭނެ ގޮތެއް ނެތް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ