ހިންމަފުށި

މަސްތުވާތަކެއްޗާއެކު ހިންމަފުށިން ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ކ.ހިންމަފުށި ޕޮލިސްސްޓޭޝަން ގުޅިގެން ހިންމަފުށީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ހިންމަފުށީ ތިން ގެއަކާއި އޮފީހެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް ކަމަށެވެ.

މި މީހުން ހައްޔަރު ކޮށްފައިވަނީ، މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންމަފުށީގައި  ކުރިއަށް ގެންދިޔަ  އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން 3 ގެއަކާއި އަމިއްލަ އޮފީހެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ މިހާރު ހުރީ ގޮތެއް ނިންމަދެން 15 ދުވަހުގެ ބަންދުގެ މުއްދަތުގައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ހިންމަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ