ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މި ޤައުމުގަ ކީއްކުރާ ވިސާއެއްތޯ؟ މިހާރުވެސް 70 ހާސްމީހުން އެބަތިބި ވިސާނެތި! - ރީކޯ

ދިވެހި ރާއްޖޭގައި ވިސާނެތި ގިނަ އަދަދެއްގެ ބިދޭސީން މިހާރުވެސް އެބަތިބިކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ބިދޭސީންނަށް ދިވެހި ރާއްޖެއިން ރެސިޑެންޓް ވިސާ ދިނުމުގެ މައްސަލަ ހޫނު ވެފައި ވަނިކޮށް ރީކޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 10 އަހަރު ދުވަހަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީ މީހާ އެތާގެ މިލްކްވެރިކަމަށް ދައުވާ ކުރަންފެށުމާއެކު ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާތަކުން ބިދޭސީ މީހާގެ ޙައްޤުގައި އަޑު އުފުލަން ފެށުމާއެކު އެ ބިން ބިދޭސީ މީހާއަށް ދޭންވީކަމަށެވެ. އެއަށްފަހު ދެން އެ ބިދޭސީ މީހާ މަސައްކަތް ކުރާނީ ދިވެހި ރައްޔިތަކަށް ވާން ކަމުގައި ރީކޯ ވަނީ ވިދާޅުވެފައެވެ.

ރީކޯ މިކަންތައް ސިފަކުރައްވާފައި ވަނީ ފަލަސްޠީންއަށް ވީގޮތް ރާއްޖެއަށްވެސް ވުން ދުރުނޫން ކަމެއްގެ ގޮތުގައެވެ.

"10 އަހަރު ދުވަހަށް ގެއެއް ކުއްޔަށް ހިފާފަ ބިދޭސީ މީހާ ދައުވާކުރަންވީ އެތާގެ މިލްކުވެރިކަމަށް އެހިސާބުން އެއްކަލަ ހައްޤަށްވަކާލާތުކުރާ ޖަމުޢިއްޔާތަކުން އަޑުއުފުލީމަ ބިދޭސީމީހާއަށް ބިން؟ ދެންހިފަންވީ ދިވެހި ރައްޔަތަކަށްވާން؟ ފަލަސްތީނަށްވީހެން ވުން ދުރެއްނޫން؟" ރީކޯ ވިދާޅުވެފައިވެއެވެ.

ރީކޯ ވިދާޅުވެފައި ވަނި ދުނިޔޭގެ ގިނަ ޤައުމުތަކުގަ ރެސިޑެންސް ވިސާ ދެނީ އެތަށް އަހަރެއް ވަންދެން އެތަންތާ ވިޔަފާރިކޮށް ނުވަތަ އެޤައުމަކަށް ބޭނުން އިލްމާއި ހުނަރު ހުރެގެން ޤަވާއިދުން އެތަށް އަހަރަކު ދިރިއުޅުމާއި، އަދި ބޮޑެތި އިންވެސްޓްތަށްކޮށްގެން ވިޔަފާރިތަށް ދާއިމަށް ކުރާމީހުނަށްކަމަށެވެ.

ރީކޯ ވިދަޅުވެފައި ވަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްގޮތަށް ތަފާތު ގިންތިތަކަށް ވިސާ ދޫކުރުމަކީ ގޯސްކަމެއްނޫން ކަމަށާއި، މައްސަލައަކީ ވޯކްވިސާ 1 އަހަރަށް ދޫކުރި ބަންގްލަދޭޝް މީހުން ފިލައިގެން އެތައް އަހަރަކު އުޅުމަށްފަހު މިހާރު އެމީހުން ޙައްގުތަކޭ ބުނެ ތަންތަން ސުންނާފަތި ކުރުމުންވެސް އެމީހުންގެ ޙައްޤުތައް އޮތުމުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ