އޮސްޓްރޭލިއާގެ އޮލިމްޕިކް ސްކޭޓަރެއްކަމަށްވާ އެކަތެރީނާ އެލްކްސަންދްރޯސްކާޔާ އުމުރުން 20 އަހަރުގައި މަރުވެއްޖެއެވެ.
އެކަތެރީނާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އޭނާ މަރުވި ސީދާ ސަބަބެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. ސްކޭޓް ކުރުމާއި ދުރުގައި ހުރި އެކަތެރީނާ ރިޓަޔާކޮށްފައިވަނީ ލިބުނު އަނިޔާއަކާއި ގުޅިގެން މިއަހަރުގެ ފެބްރުއަރީމަހުއެވެ.
ރަޝިއާއަށް އުފަން އެކަތެރީނާ އޮސްޓްރޭލިއާއިން ރަށްވެހިކަން ދީފައިވަނީ 2018 ވަނަ އަހަރުއެވެ. އެއީ އެއަހަރުގެ ވިންޓަރ އޮލިމްޕިކްގައި ހާލީ ވިންޒާއާއެކު ބައިވެރިވުމަށެވެ.
އެކަތަރީނާއާއި ވިންޒާ އެކުގައިވަނީ 2017 ވަނަ އަހަރުގެ ވޯލްޑް ޖޫނިއާރސް ކާމިޔާބުކޮށްފައެވެ.
"އެކަތެރީނާއާކު ލިބުނު ކާމިޔާބީތައް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެ ހަނދާންތައް އަހަރެންގެ ހިތުގައި އަބަދުވެސް ދެމިހުންނާނެ." އިންސްޓަގްރާމްގައި ދެމީހުންގެ ފޮޓޯއެއް ޙިއްސާކުރަމުން ވިންޒާބުންޏެވެ.
View this post on InstagramA post shared by Harley Windsor (@h_d22) on
އެކަތެރީނާ މަރުވެފައިވަނީ ރަޝިއާގެ މޮސްކޯގައެވެ.
މީގެއިތުރުން ދެ ފަހަރެއްގެ މަތިން ވިންޓަރ އޮލިމްޕިކްސްގެ ސްނޯބޯޑަރ ޗެމްޕިއަންކަން ހޯދާފައިވަނީ އެލްކްސް ޕުލިންވެސްވަނީ މިދިޔަ ހަފްތާގައި މަރުވެފައެވެ. އުމުރުން 32 އަހަރުގެ ޕުލިން އޮސްޓްރޭލިއާ ގޯލްޑް ކޯސްޓަށް ގެނބިގެން މަރުވެފައިވަނީ މަސް ހިފަން (ސްޕިއަރފިޝިންގ) އުޅެނިކޮށެވެ. ޕުލިންވަނީ 2010، 2014 އަދި 2018 ގައި ސްނޯބޯޑު ކްރޮސްގައި އޮސްޓްރޭލިއާ ތަމްޞީލްކޮށްދީފައެވެ.





