ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ދަ އެޑިޝަން

ދަރުމަވަންތަ ހޮސްޕިޓަލުގައި ޖޫސް ބާ އަދި ކެފެޓީރިއާ ހިންގާދޭނެ ފަރާތެއް ހޯދަނީ

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެފެޓީރިއާ އަކާއި ޖޫސް ބާ ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

މިކަމަށްޓަކައި އެހޮސްޕިޓަލްއިން މިއަދުވަނީ ދެއިޢުލާނެއްކޮށްފައެވެ. އޭގެތެރެއިން ފުރަތަމަ އިޢުލާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ހަތަރުވަނަ ފަންގިފިލާގައި ޖޫސްބަރ އެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި ދެވަނަ އިއުލާނު ބުނެފައިވަނީ ފުރަތަމަ ފަންގިފިލާގައްޔާއި މެޒަނިން ފަންގިފިލާގައި ކެފެޓީރިއާއެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ބީލަމުގެ ޢުސޫލުން ހުޅުވާލެވުނު މިދެމަސައްކަތަށް ޝަޢުގުވެރުވެލަށްވާ އެންމެހާ ފަރާތްތަކުން އެހޮސްޕިޓަލްގެ ފައިނޭންސް ޑިޕާރޓްމަންޓަށް ވަޑައިގެން ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ބައްލަވައިގަތުމަށް އިޢުލާނުގައި ވެއެވެ.

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 23 މެއި 2019 އިން ފެށިގެން 30 މެއި 2019 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 12:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000 ރުފިޔާއެވެ.

އަދި މިބީލަމުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 02 ޖޫން 2019 ވާ އާދީއްތަ ދުވަހު 13:00 ގައެވެ. އަދި ޕްރޮޕޯސަލްތައް ބަލައިގަތުން ހަމަޖެހިފައިވަނީ 23 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އެހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. ޕްރޮޕޯސަލްތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ފަރާތެއްގެ ހާޟިރުގައި ކަމަށްވެސް އެ ދެ އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް