އާމިނަތު ޖާބިރު އާއި ބައްޕާފުޅު އަބްދުﷲ ޖާބިރު

އަޅުގަނޑުގެ ދަރިފުޅު އައިމިނަތު ޓޫރިޒަމް މިނިސްޓަރަކަށް ލާ، މާ މޮޅުވާނެ: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އައިމިނަތު ޖާބިރު ޓޫރިޒަމް މިނިސްޓަރަކަށް ލުމަށް އެބޭފުޅާ މިއަދު ގޮވާލައްވައިފިއެވެ.

ޖާބިރު ވިދާޅުވީ ވިޔަފާރި ކުރަން އިންގެން ޖެހޭ ކަމަށާއި ވިޔަފާރި ކުރަން ނޭނގި ޕާޓީގެ މާ ބާރަށް ހަޅޭއްލަވާ އެކްޓިވިސްޓެއް ގެންގޮސް މިނިސްޓަރަކަށް ލައިފާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް މި ދަންނަވަނީ، އަޅުގަނޑުގެ ދަރިފުޅު އައިމިނަތު ޖާބިރު ލާށޭ ޓޫރިޒްމް މިނިސްޓަރަކަށް. މާ މޮޅުވާނޭ" މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ޑީއާރްޕީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އާމިނަތު ޖާބިރު ވަނީ އައްޔަން ކުރައްވާފައެވެ. އާމިނަތު ޖާބިރަކީ ބަޔޯ މެޑިސިންގެ ދާއިރާއިން ސިންގަޕޫރުގައި މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. ސިޔާސީ ދާއިރާއަށް ޝައުުގުވެރިކަން ހުންނަ އާމިނަތު ޖާބިރުގެ މަންމާފުޅަކީ އިންޑިއާގެ ރައްޔިތެކެވެ.

ސަރުކާރުގެ ސިޔާސީ މަގާމު ތަކުގެ 12 ޕަސެންޓު ކުޑަ ކުރުމަށްވެސް ޖާބިރު ވަނީ ގޮވާލައްވާފަ އެވެ. މިނިސްޓްރީ ތަކުގެ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ ރާއްޖެ 4 ސިޓީއަކަށް ބަދަލު ކުރަން ޖެހޭ ކަމަށާއި ބޮޑެތި ރަށްތަކަށް މީހުން ބަދަލު ކުރުމަށް ޖާބިރު ގޮވާލެއްވިއެވެ. ޖާބިރު ވިދާޅުވީ ޑީއާރްޕީގެ ވެރިކަމެއްގައި ފެނުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށާއި ކޮންމެ ރައްޔިތަކަށް ދުވާލަކު 30000 ރުފިޔާ ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
9122816
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Vedun

    Jabiruu. Kaley meehunnah dheyn jehifa huri laari thah furathama dheebala. Kalaeyge dhari mi thanah nubaanaa. Okey

    13
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ