ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހ.ތިމާވެށި ޢަބްދުﷲ ޖާބިރުގެ ޚާއްޞަ ދައުވަތެއް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޤަބޫލުފުޅުކުރައްވައިފިއެވެ.
އެކަން ޝަހީމް ހާމަކުރައްވާފައިވަނީ ކުރެއްވި ކުރު ޓްވީޓަކުންނެވެ.
ޝަހީމް ވިދާޅުވީ، ރޯދަމަސް އިޙްޔާކުރުމަށް ކާށިދޫ ދާއިރާގައި ބާއްވާ އިޙްޔާކުރުމުގެ ޚާއްޞަ ހަފްލާގައި ތަޤްރީރުކުރަން ދައުވަތު ދެއްވާފައިވާ ކަމަށެވެ.
"ކާށިދޫ ދާއިރާއަށް އިންތިޚާބު ކުރެވިފައިވާ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު، އެ ދާއިރާގައި ބާއްވާ ރޯދަމަސް އިޙްޔާކުރުމުގެ ޚާއްޞަ ހަފްލާގައި ތަޤްރީރުކުރަން އަޅުގަނޑަށް ދަޢުވަތު ދެއްވީތީ ޝުކުރުދަންނަވަން. އަޅުގަނޑު ވާނީ ދަޢުވަތު ޤަބޫލުކޮށްފައި." ޝަހީމް ވިދާޅުވިއެވެ.
Kaashidhoo dhaairaa ah inthikhaabu kurevifayvaa izzaytheri member Abdulla Jaabir, e dhaairaa ga baavvaa roadha mas ihuyaa kurumuge khaassa haflaa ga thaqreeru kuran alhugandah dhauvathu dhevveethee shukuru dhannavameve. Alhugandu vanee dhauvathu qabool koffa eve.
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 18, 2019
ނިމިދިޔަ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ޖާބިރު ގެންދަވަނީ އެ ދާއިރާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
ރޯދަމަސް އިޙްޔާ ކުރުމަށް ގާފަރު އަދި ކާށިދޫ ހިމެނޭ ކާށިދޫ ދާއިރާއަށް އޯއައިސީގެ އިސް މަޤާމެއް ފުރުއްވަމުންދާ ޑރ.ޝަހީމް ވަޑަައިގަންނަވަން ނިންމެވިއިރު، ސަރުކާރުން އަދި މަޢުމޫން އިޙްޔާ ޕްރޮގްރާމްތައް ބާއްވަނީ މާލޭގައެވެ.