ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިންޑިވިޖުއަލް އެވޯޑްކަމަށްވާ ބެލޮންޑިއޯ އެވާޑު މިއަހަރު ނުދޭގޮތަށް ނިންމައިފިއެވެ.
މިއެވޮޑަކީ ފްރާންސް ފުޓްބޯޅަ މަޖައްލާއަކުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ދޭ އެވޯޑެކެވެ. 1956 ވަނަ އަހަރު ދޭންފެށި މިއެވޯޑު އެ މަޖައްލާއިން ދެމުން އަންނަތާ މިހާރު 64 އަހަރު ވެއްޖެއެވެ.
އެލްއިކުއިޕް ގްރޫޕުގެ މިނިންމުން މިހާރު އާންމުކޮށްފައިވާއިރު، އެގްރޫޕުމް ބުނީ މިއީ އެހެން އަހަރުތަކާއި މުޅިން ތަފާތު އަހަރެއްކަމަށާއި، ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅައަށްވެސް އެކަމުގެ އަސަރުކޮށްފައިވާއިރު، ކުޅުންތެރިންގެ ކުޅުމުގެ ފެންވަރާމެދު ނިޔާ ކަނޑައެޅަން އެކަށީގެންވާ ވަރަށް އެކުޅުންތެރިން ކުޅުމުގެ ފުރުޞަތު މިއަހަރު ލިބިފައިނުވާކަމަށެވެ.
Le Ballon d'Or, trophée individuel le plus prestigieux au monde, créé en 1956 par le magazine France Football, n'aura pas de lauréat cette année en raison de la crise sanitaire https://t.co/z63n2FLNQu pic.twitter.com/BUHVVuiV6G
— L'ÉQUIPE (@lequipe) July 20, 2020
2019 ވަނަ އަހަރު ބެލޮންޑިއޯ އެވޯޑް ގެންގޮސްފައިވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ ވަނީ މިއެވޯޑު 6 ފަހަރެއްގެ މަތިން ހޯދާފައެވެ. މިއެވޯޑް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީވެސް މެސީއެވެ. މިލިސްޓްގެ ދެވަނާގައި ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އުޅޭއިރު، ރޮނާލްޑޯވަނީ 5 ފަހަރެއްގެ މަތިން މިއެވޯޑު ކާމިޔާބުކޮށްފައެވެ.





