ޔޫރަޕުގެ ވަރުގަދަ ލީގުތަކުގެ ތެރޭގައި ހިމެނޭ އިންގްލިޝް ޕްރިމިއާ ލީގާއި، ސްޕެނިޝް ލަލީގާގެ އިތުރުން އިޓާލިއަން ސެރިއާގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.
ރޮނާލްޑޯ މިރެކޯޑު ހަދާފައިވަނީ ރޭ ލާޒިއޯއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އިޓާލިއަން ސެރީއާގައި ރޭ ކުޅުނު މިމެޗުން ލާޒިއޯގެ މައްޗަށް ޔުވެންޓަސް ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޔުވެންޓަސްއިން ދެލަނޑުވެސް ޖަހާފައިވަނީ ރޮނާލްޑޯއެވެ. މިދެލަނޑާއެކު މިސީޒަންގެ ޓޮޕް ސްކޯރަރ ލާޒިއޯގެ އިމޯބައިލްއާއި ރޮނާލްވަނީ ހަމަހަމަކޮށްފައެވެ. އިމޯބައިލް އެއްވަނާގައި އޮތީ 30 ލަނޑާއި 8 އެސިސްޓާއެކުގައެވެ. ރޮނާލްޑޯއަށް ދެވަނަ ލިބެނީ 30 ލަނޑާއި 5 އެސިސްޓުންނެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެލަނޑާއެކު އިޓާލިއަން ސެރިއާގައި އޭނާ މިހާތަނަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 51 ކަށް އަރާފައެވެ. ސެރީއާގައި އޭނާ މިހާތަނަށް ކުޅެފައިވަނީ 61 މެޗެވެ. ރެއަލްމެޑްރިޑް ދޫކޮށް އިޓަލީއަށް ރޮނާލްޑޯ ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
ރޮނާލްޑޯ ކުޅުނު ތިން ލީގުގައި ކާމިޔާބުކޮށްފައިވާ ލަނޑުތައް؛
- ޕްރިމިއާ ލީގު - 196 މެޗުން 84 ލަނޑު (މެންޗެސްޓާރ ޔުނައިޓެޑް)
- ލަލީގާ - 292 މެޗުން 311 ލަނޑު (ރެއަލްމެޑްރިޑް)
- ސެރީއާ- 61 މެޗުން 51 ލަނޑު (ޔުވެންޓަސް)
The first player in history:
5️⃣0️⃣+ @premierleague goals ✅
5️⃣0️⃣+ @LaLiga goals ✅
5️⃣0️⃣+ @SerieA goals ✅#JuveLazio #CR7JUVE pic.twitter.com/xSbsfv0QWx
— JuventusFC (@juventusfcen) July 20, 2020
އިޓާލިއަން ސެރީއާގެ ތާރީޚުގައި 50 ލަނޑު އެންމެ އަވަހަށް ހަމަކޮށްފައިވަނީވެސް ރޮނާލްޑޯއެވެ. ރޮނާލްޑޯ 50 ލަނޑު ހަމަކޮށްފައިވަނީ 61 މެޗުންނެވެ.
ރޭގެ މޮޅާއެކު މިސީޒަންގެ ސެރީއާގެ ތައްޓާއި ގާތަށް ޔުވެންޓަސްވަނީ ޖެހިލާފައެވެ. 34 މެޗުން ޔުވެންޓަސްއަށް 80 ޕޮއިންޓް ލިބިފައިވާއިރު، ތަށި ޔަޤީންކުރަން ޔުވެންޓަސް ދެން ބޭނުންވަނީ އެންމެ 5 ޕޮއިންޓެވެ.





2 Responses
ތި ނުބައި މަޢުލޫމާތެއް.. ރޮނާލްޑޯގެ ފޭސްބުކް ފޭން ޕޭޖަކުން އެނބުރި ގޭސްގަނޑެއް.. ވެރިފައިކޮށްފަދޯ ހަބަރު ލިޔަންވާނީ.. ތިކަން އެޑެން ޒެކޯ ވަނީ މާކުރިންކޮށްފަ.. ގޫގުލް ސަރޗްކޮށްލިޔަސް އެނގޭނެ
Feshun.mv ah mauloomaathu neyngenyaa nuliyanvnun ekamakaa gulheygothun habaru edin dzeko ge stats ves balaalaafa habaru delete kollan feney