ފ. ދަރަނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީ އިން ވިދާޅުވީ ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިންވަރަށް ފަޅު ފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 46،600 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް ފަޅުފުންކުރުމާއި، 410 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 196 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި ނެރު ބައްތި ހަރުކުރުމާއި އަދި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓު ގާއިމްކޮށް ބައްތި ހަރުކުރާނެކަމުގައެވެ.
ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިން ވަރަށް ފަޅުފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓަކާއި 196 މީޓަރުގެ އެއްގަމު ތޮށި ލާނެ. މީގެ އިތުރުން 46،600 މީޓަރުގެ ސަރަހައްދެއް ފުންކުރާނެ. pic.twitter.com/lVfrct3UAR
— MTCC Plc (@MTCCPlc) July 21, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 38.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. އެމްޓީސީސީ އިން ކުރިއަށްގެންދާ މި ޕްރޮޖެކްޓު ނިންމަން ކަނޑައަޅާފައިވަނީ 397 ދުވަސް ތެރޭގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 މެއި 2020 ގައެވެ.



