މަސްވެރިންނަށް ނުދެވި ހުރި ފައިސާ ލަސްނުކޮށް ދެމުން ގެންދާނެ ކަމަށް މިފްކޯއިން ބުނެފިއެެވެ.
މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަސްވެރިން ކިރާ މަހުގެ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން މިވަގުތު ދުނިޔެ އަށް ދިމާވެފައިވާ އިގްތިސޯދީ ހީނަރު ކަމުގެ ސަބަބުން ފިނި ކުރާ މަހުގެ އަގު ހުރި ގޮތުން ވިޔަފާރީގައި ދަތިތަކެއް ހުރި ކަމަށެވެ.
މިފްކޯއިން ބުނީ، މިހާތަނަށް މަސްވެރިންނަށް ދޫނުކުރެވި ހުރި ބިލްތަކުގެ ފައިސާ މިއަދު ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށެވެ. އެއީ މި މަހު 1 އިން 12 ގެ ނިޔަލަށް ނުދެވި ހުރި ބިލްތަކުގެ ފައިސާކަމަށް މިފްކޯ އިން ބުނެފައިވެއެވެ.
މީގެ އިތުރުން މިފްކޯ އިން ވިދާޅުވީ، މިމަހުގެ އެކަކުން 12 ގެ ނިޔަލަށް ދޭން ޖެހޭ ފައިސާ ދިނުމަށްފަހު ބާކީ ހުރި ފައިސާ ވެސް މަސްވެރިންނަށް ދެމުންގެންދާނެ ކަމަށެވެ.




