ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ މެޝިނަރީއާއި ސާމާނު އެރަށަށް ގެންގޮސް މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ 31 މަގެއްގައި 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުވެފައިވާ އެމްޓީސީސީ އަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 04 ޖުލައި 2019 ގައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެކިރަށްރަށުގައި މަގު ހެދުމާއި، ފެނާ ނަރުދަމާއާއި ތަރައްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެކިއެކި ފަރާތްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް ކުރިޔަށް ގެންދިއުމަށް އެމްޓީސީސީއަށް ވެސް ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީ އިން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި ފ. ދަރަނބޫދޫ ބަނދަރު ބޮޑުކޮށް ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިން ވަރަށް ފަޅުފުންކުރުމުގެ މަސައްކަތުގެ 33 ޕަސެންޓް މިހާރު ވަނީ ނިންމާލައިފައެވެ.

މި މަޝްރޫޢުގެ ދަށުން، އެ ރަށުގައި 410 މީޓަރު ބޭރު ތޮއްޓަކާއި 196 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައިވާއިރު، 46،600 މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ