އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އާސެނަލްއަށް ބޮޑު ނާކާމިޔާބީއަކާި ކުރިމަތިލާން ޖެހިއްޖެއެވެ.
އާސެނަލްއަށް ލީގުގައި އަދި އެއްމެޗު އޮތްއިރު ރޭގެ ބައްޔާއެކު އާސެނަލްއިން މިސީޒަން ނިންމާލަން ޖެހޭނީ ތާވަލު 8 ކާއި 10 އާ ދެމެދުގައެވެ. މިއީ 1995 ގެ ފަހުން އާސެނަލް ތާވަލްގެ މިހާދަށުން ސީޒަން ނިންމަންލާންޖެހޭ ފުރަތަމަ ފަހަރެވެ. 1994/95 ސީޒަން އާސެނަލްއިން ނިންމާލާފައިވަނީ ތާވަލުގެ 12 ވަނައިގައި އޮވެއެވެ.
މިސީޒަންގެ އަވޭ ހުރިހާ މެޗެއް އާސެނަލްއިން މިހާރު ކުޅެފައިވާއިރު، އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ 4 މެޗުންނެވެ. 2017/18 ސީޒަންގައިވެސް އާސެނަލް މޮޅުވެފައިވަނީ އަވޭ 4 މެޗުންނެވެ.
އާސެނަލް މިސީޒަންގައި މޮޅުވި އަވޭ 4 މެޗުގެ ތެރޭގައި ހިމެނެނީ ނިއުކާސަލްއާއި ދެކޮޅަށް ކުޅުނު މެޗާއި ވެސްޓްހާމްއާއި ދެކޮޅަށް ކުޅުނު މެޗާއި އަދި ސައުތެމްޓަންއާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ވޯލްވްސްއާއި ދެކޮޅަށް ކުޅުނު މެޗެވެ. މީގެތެރެއިން ސައުތެމްޓަން އަދި ވޯލްވްސްއަތުން އަވޭގައި އާސެނަލް މޮޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ މެދުކަނޑާލުމަށްފަހު އަލުން ފެށިފަހުންނެވެ. ނިއުކާސަލް އަދި ވެސްޓްހާމްއަތުން މޮޅުވެފައިވަނީ ސީޒަންގެ ކުރީކޮޅުއެވެ.
10 - Arsenal have lost 10 league matches for a third consecutive season for the first time since a run of seven between 1981/82 and 1987/88. Testing. #AVLARS pic.twitter.com/ZbRA78cYzO
— OptaJoe (@OptaJoe) July 21, 2020
ވިލާޕާކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން އާސެނަލްގެ މައްޗަށް އެސްޓަންވިލާ ކުރި ހޯދާފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 27 ވަނަ މިނަޓްގައި އެސްޓަންވިލާ ޖާޒީ ނަންބަރު 17 ޓްރެޒެގެޓް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމޮޅާއެކު އެސްޓަންވިލާ ވަނީ ބާކީ އެއްމެޗު އޮއްވައި ރެލިގޭޝަންއިން ސަލާމަތްވެފައެވެ. 34 ޕޮއިންޓާއެކު އެސްޓަންވިލާ އޮތީ ތާވަލްގެ 17 ވަނާގައެވެ. އާސެނަލް ތާވަލްގެ 10 ވަނާގައި އޮތީ 37 މެޗުން ލިބުނު 53 ޕޮއިންޓާއެކުގައެވެ. ސީޒަންގެ ފަހު މެޗުގައި އާސެނަލް ނުކުންނަން ޖެހޭނީ ވެޓްފޯޑާއި ދެކޮޅަށެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.



