ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެއްޗާއެކު ކުޑަހުވަދޫން މީހަކު ހައްޔަރުކޮށްފި

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޑަހުވަދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކުޑަހުވަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އިއްޔެގެ ވަގުތެއްގައި އެރަށު މަގުމަތިން އޭނާއަށް ފުލުހުން ފެނުމުން އަތުގައި ހުރި ތަކެތި އުކާލައިފައިވާކަމަށް ފުލުހުން މައުލޫމާދުދިނެެވެ. އަދި ފުލުހުން އެ ތަކެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ 18 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން މިހާރު މި މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ