އިތުބާރު ނެތްކަމަށް ވޯޓު ނަގާފައިވާ މުޙައްމަދު ކާރިމް

ނައިފަރު ކައުންސިލް ރައީސްގެ އިތުބާރުނެތްކަމަށް ފާސްކޮށްފި

ޅ. ނައިފަރު ކައުންސިލް ރައީސް މުޙައްމަދު ކާރިމްގެ އިތުބާރުނެތްކަމަށް ފާސްކޮށްފިއެވެ.

ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޝާހިދު ޢަބްދުﷲ މިނޫހަށް ވިދާޅުވީ، ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު މިއަދު ނަގާފައިވާކަމަށާއި، އަދި އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ ނައިފަރު ކައުންސިލްގެ ރައީސް ދައުރު އަދާކުރުމުގައި ލާމަރުކަޒީ ޤާނޫނުގެ ރޫޚާއި ޚިލާފަށް އެކައުންސިލް ހިންގަމުންދާ ތީކަމަށެވެ.

މުޙައްމަދު ކާރިމްގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގާފައިވަނީ މިއަދުއެވެ.

މީގެކުރިންވެސް ކާރިމްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޖަލްސާއެއް ބޭއްވުނުކަމަށާއި، ނަމަވެސް އިޖުރާޢުއަތަށް ފުރިހަމަ ނުވާތީ އިޞްލާޙުކޮށް މިއަދު އަލުން އިތުބާރުނެތް ކަމުގެ ވޯޓު ނެގީކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވި ތިން ކައުންސިލަރުންވެސް (ރިޔާސަތު ހިމެނޭގޮތަށް) ވޯޓު ދީފައިވަނީ ރައީސް މުޙައްމަދު ކާރިމްގެ އިތުބާރުނެތްކަމަށެވެ.

ނައިފަރު ކައުންސިލުން ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިންގުމުގައި ނައިފަރު ކައުންސިލްގެ ރައީސް (އަލްފާޟިލް މުޙައްމަދު ކާރިމް) އިޙްމާލުވަމުން ދާތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން 16 ޖޫން 2020 ގައި އެކުލަވާލައި އާންމު ކޮށްފައިވާ ޤާނޫން ނަމްބަރ 202015 ގެ ދަށުން ކައުންސިލްތައް ޖީންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް (އުޞޫލް ނަމްބަރ 041221/2020ހ) ގެ 3 ވަނަ ބާބުގެ 12 ވަނަ ނަމްބަރުގެ (ނ) އަށް ރިޢާޔަތްކޮށް، ނައިފަރު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ކާރިފްއަށް ކަންކަން އިސްލާއްކުރުމަށް ނައިފަރު ކައުންސިލްގެ 2020 ވަނަ އަހަރުގެ 24 ވަނަ އާއްމު ޖަލްސާއިން ފާސްކޮށްފައިވާ ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަން ނައިފަރު ކައުންސިލްގެ ނަމްބަރ 09,327) 2020/115/A/INDIV ޖުލައި 2020) ސިޓީއިން ދީފައިވާ 10 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް، ބަޔާންކޮށްފައިވާ ކަންކަން އިސްލާޙްކޮށްފައިނުވާތީ، ނައިފަރު ކައުންސިލްގެ ރައީސް (އަލްފާޟިލް މުޙައްމަދު ކްރިމް)ގެ އިތުބާރުނެތްކަމަށް އެކައުންސިލުން ނިންމާފައިވާކަމަށެވެ.

ނައިފަރު ކައުންސިލުގައި ފަސް މެންބަރުން ތިބޭއިރު، 1 މެންބަރަކު ފިޔަވާ ހުރިހާ މެންބަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އަނެއް މެންބަރަކީ ޕީޕީއެމް މެންބަރެކެވެ.

މިކަމާއި ގުޅިގެން މުޙައްމަދު ކާރިމް މިނޫހަށް ވިދާޅުވީ، އޭނާއާއި ގުޅުވައިގެން ނައިފަރު ކައުންސިލުން ދައްކާފައިވާ ވާހަކަތައް ދޮގުކުރާކަމަށާއި، އެކައުންސިލުން އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގާފައިވަނީ އެއްވެސް އަސްލެއްގެ މައްޗަށް ނޫންކަމަށާއި ނަމަވެސް ޒާތީވެ، ނަސްލީތަފާތުކުރުމުގެ ދަށުންނެވެ. އަދި ރައްޔިތުން އޭނާއަށް ދީފައިވާ ލޯތްބާއި ޤަދަރު ކައުންސިލަށް އަތުނުލެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ