ޖިންސީ ޝިކާރައާއި ކުރިމަތިވި ބިދޭސީ އަންހެންމީހާ | ފޮޓޯ: މިހާރު

ސަފާރީގައި ރޭޕްކުރި ކަމަށްބުނެ ދޮގު މައުލޫމާތުދިނީ އާޒިމާ: މެންދުރު

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުކަމަށް މެންދުރު އޮންލައިން އިން ބުނެފިއެވެ.

26 ޖޫން 2020 ގައި ”ސަފާރީގައި ރޭޕް ކުރި އަންހެންކުއްޖާގެ ދުލުން އެބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް“ ނަމުގައި ލިޔުނު އާރޓިކަލް އާއި ބެހޭގޮތުން މެންދުރު އޮންލައިން އިން ނެރުނު ބަޔާނެއްގައި މިއަދު ބުނެފައިވަނީ މިވާހަކަތައް މެންދުރު އޮންލައިން އަށް ކިޔައިދީފައިވަނީ އާޒިމާ ޝުކޫރު ކަމަށާއި އަދި ފަހުން ހޯދިހޯދުމުން މިވާހަކަތަކަކީ "ބޮޑުކޮށްލައިގެން" ދެއްކި ވާހަކަތަކެއްކަން އިނގިފައިވާ ކަމަށެވެ.

"މިފަހުން މެންދުރު އޮންލައިން އިން ބެލި ބެލުމުން އިނގިގެންދިޔައީ، ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއްނޫންކަމެވެ. އަދި މިމައްސަލަ ”ރޭޕް ކޭސް“ ގެ ގޮތުގައި، ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާއި ގުޅުން ހުރި ބައެއްތިބުމުން، މިކަން ސިޔާސީ ކޮށްލުމައްޓަކައިކަން އަދި ނިޔަތުގައިކަން މެންދުރު އޮންލައިން އަށް ވަނީ ކަށަވަރުވެފައެވެ." މެންދުރު އޮންލައިންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މެންދުރު އޮންލައިން އަށް ބޮޑުއޮޅުވާލުމެއް އޮޅުވާލާ އަދި މެންދުރު އޮންލައިން މިފަދަ ސިޔާސީ ކަމެއްގައި ޖެހިފައި އަދި ގަންބުވާލާފައިވާތީ، ވިކްޓިމްގެ ކިބައިންނާއި އަދި މިމައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މެންދުރު އޮންލައިނުންވަނީ މާފަށް އެދިފައެވެ.

ސަފާރީގެ ތެރޭގައި ބިދޭސީ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި، މީޑިއާތަކުން ރިޕޯޓު ކުރި ގޮތް ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވަނީ ތިން މެމްބަރުންގެ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ. ނަމަވެސް މި ކޮމެޓީގެ މެންބަރުންވަނީ އެމްއެމްސީގެ ރައީސް ހިދާޔަތުﷲ ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އިސްތިއުފާ ދީފައެވެ.

ސަފާރީ މައްސަލައާ ގުޅިގެން ރާއްޖޭގެ ބައެއް ނޫސްތަކުން އެ ހަބަރު ގެނެސްދިން ގޮތާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފަިއވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީންވަނީ މީގެކުރިން ބުނެފައެވެ.

ސަފާރީގެތެރޭގައި ޖިންސީ ޝިކާރައާއި ކުރިމަތިވި އުމުރުން 27 އަހަރުގެ އަންހެން މީހާ މިހާރު ނޫހަށް ދިން ބަސްތީގަތުމެއްގައި ބުނެފައިވަނީ ރޭޕް ނުކުރާ ކަމަށާއި ނަމަވެސް ޖިންސީ ގުނަވަންތަކުގައި ސަފާރީގައި ތިބި މީހުން އަތްލި ކަމަށެވެ. އަދި ސަފާރީގައި ހުރެފައި މޫދަށް ފުންމާލި ކަމަށާއި މޫދަށް ފުންމާލީ އުރަމައްޗާއި ފޫކޮޅުގައި އަތްލުމުން، އެފަދަ ކަމެއް އިތުރަށް ކުރިމަތިވިޔަ ނުދޭން ކަމަށެވެ.

މިލިޔުން ކިޔާލުމުން
1155
ގުޅުންހުރި ލިޔުންތައް

2 Responses

  1. Shazan

    Aazimaa shukoor akee shaithoaneh kamah balai feemuevee….

  2. ސޯދުބެ

    ”އިނގިގެން“ މިއީ ނުބައި ގޮތެއް، ރަނގަޅު ގޮތަކީ ”އެނގިގެން“

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ