ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު | ފޮޓޯ: ވަގުތު

ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެ، އާންމު ކަމަކަށް ވެދާނެ: ޝުޖާއު

މުޖުތަމައުގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވެ، އާންމު ކަމަކަށް ވެދާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

އިމްރާން ވިދާޅުވީ، އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ ރޭޕް އަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

“އާންމުންގެ ތެރޭގައި މި ދެކެވޭ ކަހަލަ ބޮޑު ރޭޕްކޭސްއެއް ހިނގާފައެއް ނެތް އަސްލު. މިއީ ހަގީގަތަކީ" އިމްރާން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިވަރުން ދާކަމުގައި ވާނަމަ ރާއްޖޭގައި ރޭޕް އާންމުވެ، އެއްޖިންސުން ގުޅުން ހިންގުން އާންމުވެ، ޖިންސީ ގޯނާގެ މައްސަލަތައް ވެސް އިތުރުވެ އާންމު ކަމަކަށް ވެދާނެ ކަމަށެވެ.

"މިހާ "ވަރިހަމަ" ސަރުކާރެއްގައި ހުރިހާ ކަމަކީ ހުއްދަ ކަމަކަށް ވުން ވަރަށް ގާތް" ޝުޖާއު ވިދާޅުވިއެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ