ފޮޓޯ: ހުސެން ވަހީދު/މިހާރު

މަނާގަޑީގައި ވިޔަފާރިކޮށްގެން 23 ފިހާރައަކާއި 14 ކެފޭ އެއް ޖޫރިމަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާއި ހިލާފަށް މަނާގަޑީގައި ވިޔަފާރިކޮށްގެން 23 ފިހާރައަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ 14 ކެފޭއެއް ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ އެންގުމާއި ހިލާފަށް މަނާ ގަޑީގައި ވިޔަފާރި ކޮށްގެން 101 ވިޔަފާރިއަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން 110 ތަނަކަށް ނަސޭހަތް ދީފައިވާކަމަށް އެޗްއީއޯސީން މައުލޫމާތު ދިނެވެ.

.ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ފިހާރަތަކާއި، ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަނުން ޙިދުމަތްދޭ ވަގުތުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން،، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 9:00 ފެށިގެން ރޭގަނޑު 10:00 ގެ ނިޔަލަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ދެވޭނީ، ރޭގަނޑު 11:00 ޖަހަންދެންނެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ލޮކްޑައުން ޙާލަތައް އެތައް ގިނަ ލުއިތަކެއް ވަނީ ދީފައެވެ. އަދި މި ލުއި ތަކާއެކު، ބައްޔަށް ޕޮސިޓިވް ވާ މީހުން އިތުރުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ