ފޮޓޯ: ސަން

އިންޑިއާގެ އަސްކަރީ މަތިންދާބޯޓު ރާއްޖެއަށް ގެންނާތީ ޝަހީމް ޝުކުރު އަދާކުރައްވައިފި

އިންޑިއާގެ އަސްކަރީ މަތިންދާބޯޓު ރާއްޖެއަށް ގެންނާތީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އިންޑިއާއަށް ޝުކުރު ދަންނަވައިފިއެވެ.

ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑޯނިއާ މަތިންދާބޯޓެއް ރާއްޖެއަށް ދީ ރާއްޖޭގެ ޤައުމީ ސަލާމަތަށް އެހީތެރިވިކަމަށްޓަކާ ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖެއަށް އަބަދުވެސް އެންމެ ކުރިން އެހީވަނީ އިންޑިއާއިން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ ގެނައުމަށް އެއްބަސްވެފައިވަނީ ޑޯނިއާ 288 މަރުކާގެ ބޯޓެކެވެ. މިއީ އިންޑިއާގެ ނޭވީގައި ބޭނުން ކުރަމުންދާ އެ ޤައުމުން އުފައްދާ އަސްކަރީ މަތިންދާބޯޓެކެވެ. އިންޑިއާގެ އަސްކަރީ މި މަތިންދާބޯޓު ރާއްޖެ ގެންނައިރު އިންޑިއާ މީހުން އެ ބޯޓު ދުއްވަންވެސް އަންނަނެއެވެ.

ދިވެހިރާއްޖެއަށް މީގެ ކުރިން އިންޑިއާއިން ވަނީ 2 ހެލިކޮޕްޓަރު ހަދިޔާކޮށްފައެވެ. މި 2 ހެލިކޮޕްޓަރު ވެސް ދުއްވާފައިވަނީ އިންޑިއާގެ ސިފައިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ