މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު - ފޮޓޯ: މަޖިލިސް

މިހާރުވެސް ބަންގާޅިން ފިލާވަރުން ފިލަނީ، މިކަމެއް ނުހުއްޓޭ: ރީކޯ މޫސަ

ބިދޭސީންއާއި ގުޅޭ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެކަމަށް އަލިއަޅުވާ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ މިއަދު ވަނީ ޓްވީޓެއް ކުރައްވައިފައެވެ.

މި ޓްވީޓްގައި ރީކޯ މޫސަމިދާޅުވެފައިވަނީ މިހާރުވެސް ބިދޭސީން ފިލާވަރުން ފިލަނީ ކަމަށެވެ. އަދި މިކަމެއް ނުހުއްޓުވޭނެތޯ ސުވާލު ކުރައްވާފައި ވެއެވެ.

ރީކޯ މިހެންވިދާޅުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުވެވަޑައިގެން، މި ދުވަސްވަރު ބިދޭސީން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފޮރުވިފައިވާ އެހެން ކަންކަން އެބަ ހުރި ކަމަށާއި ހަމަނުޖެހުން ހިންގަމުން އަންނަނީ ހަމައެކަނި މުސާރަ ނުދީގެނެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއެވެ.

ރާއްޖެގައި ދިރިއުޅޭ ކާކުކަން ނޭންގޭ ބެރު މީހުންގެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ އެމީހުން ފޮނުވާލުން ނޫންކަމަށާއި، ހުރިހާ އެންމެން ފޮނުވާނުލެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާލުވެފައި ވެއެވެ. އެގޮތުން ރާއްޖެގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގައިކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވެފައިވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ މީހާ ޤަވާއިދުގެ ތެރެއަށް ގެނައުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހޭކަމަށާއި އަދި އެމީހާ އުޅޭނެ ތަނެއްވެސް ދޭންޖެހޭކަމަށް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވަނީ އެމީހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު ދޭންވާ މުސާރަ އެތައް މަސްތަކެއް ފާއިތުވެގެންދާ އިރުވެސް ނުދޭ މައްސަލައިގައެވެ.

އެގޮތުން ދާދި ފަހުން ވަނީ، ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގައި، އެހަމަނުޖެހުމުގެ ތެރެއިން 22 ބިދޭސިޔަކު ހައްޔަރުކޮށްފައެވެ. އަދި ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންތަކެއް ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދީ، ހަމަނުޖެހުން ހިންގައިގައިފައެވެ. މި ހަމަނުޖެހުމުގައި 41 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގައި ދިވެހިން ރަހީނު ކުރުމާއި ގުޅިގެން 19 ބިދޭސީއަކު ޙައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ