ޕުލެނެޓް މާސްގެ ދިރާސާތައް ކުރުމަށް ޗައިނާއިން ރޯވާ އެއް ފޮނުވައިފި

ޕުލެންޓް މާސް ނުވަތަ ރެޑް ޕުލެނެޓުގެ ދިރާސާތައް ކުރުމަށްޓަކައި ޗައިނާއިން މިއަދު ރޯވާއެއް މާސް އަށް ފޮނުވާލައިފިއެވެ.

ހަ ފުރޮޅުގެ އެހީގައި މާސްގެ ބިމުގައި ދަތުރުކޮށް ދިރާސާތައް ކުރުމަށް ޗައިނާއިން ލޯންގް މާޗް-5 ރޮކެޓުގެ އެހީގައި މިއަދު މި ފޮނުވާލި ރޯވާއިން މާސްގައި ފެން ހުރިތޯ އާއި އަދި މިހާރު ނުވަތަ މީގެ ކުރިންވެސް މާސްގައި އެއްވެސް ދިރުމެއްވާ ކަމުގެ ހެކި ހޯދުމުގެ މަސައްކަތް ކުރާނެއެވެ.

ވެންޗަންގް ލޯންޗު ސައިޓުން ޗައިނާ ގަޑިން މިއަދު 12:40 ޓިއަންވެން-1ގެ ނަން ދީފައިވާ މާސް މިޝަން ފަށައިފައިވާއިރު މިމިޝަންގައި ބޭނުންކުރާ ޖައްވީ އުޅަނދު މާސްގެ އޯބިޓަށް ވާސިލުވާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަދި މި އުޅަނދުގައި އުފުލާ ރޯވާ މާސްއަށް ތިިރިކރުމުގެ މަސައްކަތް ފަށާނީ ޖައްވީ އުޅަނދު އޯބިޓަށް ވާސިލުވާތާ ދެޔެއް ނުވަތަ ތިންމަސް ފަހުންނެވެ.

މިހާ ދުވަސްފަހުން ރޯވާ މާސްއަށް ތިރިކުރުމުގެ މަސައްކަތް ފަށަނީ މާސްގެ ޖައްވު ދިރާސާ ކުރުމަށް އިންޖިނިއަރުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. މިއީ އެމެރިކާއިންވެސް 1970 ވަނަ އަހަރު އެގައުމުން ވައިކިންގް ލޭންޑާރ މާސްއަށް ތިރިކުރުމަށް ބޭނުންކުރި ސްޓްރަޖީއެކެވެ.

ޓިއަންވެން-1ގެ އިތުރުން، އިތުރު ތިން މިޝަންއެއް މާސްގެ ދިރާސާތާ ކުރުމަށް 11 ދުވަހުގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނެއެވެ. ޗައިނާގެ އިތުރުން ދެން ޖައްވީ މި މިޝަންތައް ކުރިއަށް ގެންދާ ގައުމުތަކަކީ އެމެރިކާއާއި އަދި ޔުނައިޓެޑް އެެރެބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ޔޫއޭއީގެ ޖައްވީ މިޝަންގެ މަސައްކަތް މިދިޔަ ހޯމަދުވަހުވަނީ ފަށައިފައެވެ. މިގޮތުން އެގައުމުން މާސްއަށް ފޮނުވާ ފުރަތަމަ އުޅަނދު 'ހޯޕް' ވަނީ އުދުއްސާލައިފައެވެ. ޔޫއޭއިން މި މިޝަންގައި ފޮނުވާލާ ޖައްވީ އުޅަނދު މާސްގެ ވަށައިގެން ދައުރު ކުރަމުން، މާސްގެ މޫސުމާ ބެހޭ މައުލޫމާތު އެއް ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ