ޕްރިމިއާ ލީގު 2020-21 ސެޕްޓެމްބަރ 12 ގައި ފަށާގޮތަށް ނިންމައިފިއެވެ.
އަންނަ ސެޕްޓެމްބަރު12 ފެށުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގު 2020/21 ސީޒަން ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 23 މެއި 2021 އެވެ.
މިހާރު ކުރިއަށްދާ ޕްރިމިއާ ލީގު 2019/20 ސީޒަންގައި ހުރިހާ ޓީމަކަށްވެސް ބާކީ 1 މެޗު އޮތްއިރު، އެމެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ 08:00 ގައެވެ. ކޮވިޑް-19 އާއި ގުޅިގެން މާރޗް 13 ގައި މެދު ކަނޑާލި ޕްރިމިއާ ލީގު ފައްޓާފައިވަނީ ޖޫން 17 ގައެވެ.
The 2020-21 Premier League season will start on 12 September and finish on 23 May 2021.https://t.co/YrQpWdcGO3 pic.twitter.com/I7n87JyKaY
— BBC Sport (@BBCSport) July 24, 2020
2019/20 ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ ލިވަޕޫލްއިންނެވެ. ބޮޑު ތަފާތަކުން ލިވަޕޫލް މިތަށި އުފުލާލާފައިވާއިރު، ވަޕޫލުން މިތަށި އުފުލާފައި މިވަނީ 30 އަހަރަށް ފަހުގައެވެ. ލިވަޕޫލުން އެންމެފަހުން މިތަށި އުފުލާލާފައިވަނީ 1990 ވަނަ އަހަރުއެވެ. މިސީޒަންގެ ތައްޓާއެކު، ލިވަޕޫލުންވަނީ 19 ފަހަރެއްގެ މަތިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.
ސީޒަންގައި ކޮންމެ ޓީމަކަށްވެސް ބާކީ 1 އެއްމެޗު އޮތްއިރު، ޗެމްޕިއަން ލިވަޕޫލަށް 96 ޕޮއިންޓްވަނީ ލިބިފައެވެ. ދެވަނާގައި މެންޗެސްޓާރ ސިޓީ އޮތީ 78 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް ޔުނައިޓެޑަށާއި ހަތަރުވަނާގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 63 ޕޮއިންޓެވެ. ޔުނައިޓެޑަށް ތާވަލްގެ ތިން ވަނަ ލިބެނީ ޗެލްސީއަށްވުރެ އިތުރަށް ފައިދާ ގޯލް ލިބިގެންނެވެ. ފަސްވަނާގައި ލެސްޓާ ސިޓީ އޮތީ 37 މެޗުން ލިބުނު 62 ޕޮއިންޓާއެކުގައެވެ.



