ހުޅުމާލެ- ފޮޓޯ: އެޗްޑީސީ

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެޕެކެޓަކާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ މިއަދު 10:40 އެހައިކަންހާއިރު މަގުމަތީގައި ޕެޓްރޯލުކުރަމުންދިޔަ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުމާއި ގުޅިގެންނެވެ.

"އެމީހާ ހުއްޓުވި ވަގުތު އޭނާގެ މުށުގެތެރެއިން އެއްޗެއް ބިންމައްޗަށް ވައްޓާލިތަން ފުލުހުން ފެނުމުން، އޭނާ ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވޭ." ފުހުންވިދާޅުވިއެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ