ދިވެހިރާއްޖޭގެ 55 ވަނަ މިނިވަންދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މި މުނާސަބާއި ގުޅުވައިގެން ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ސަރވިސް ޕްރޮވައިޑަރ ދިރާގުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދޭން ނިންމައިފިއެވެ.
ދިރާގުން ބުނީ، މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކުންފުނިން ތައާރަފް ކުރި އެ ޕްރޮމޯޝަންގައި ދިރާގު މޯބައިލް ބޫސްޓާ އަދި މިނީ ޑާޓާ ބަންޑަލްސް އިން 55 އިންސައްތަ އިތުރު އެލަވަންސް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓާ އަދި ޕޯސްޓްޕެއިޑް ބޫސްޓާތައް 26 ޖުލައި އާއި 3 އޮގަސްޓް އާއި ދެމެދު އެކްޓިވޭޓް ކުރުމުން 55 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެކަމަށް ދިރާގުން ބުނެފައިވެއެވެ.
Celebrate the 55th Indepedence Day of our beloved nation ?? with 55% more data on Prepaid Mini Data Bundles and Postpaid Data Boosters!
To activate download dhiraagu app ? https://t.co/MS6i8lvpWE pic.twitter.com/y3PdIVVZti
— Dhiraagu (@Dhiraagu) July 26, 2020
ދިރާގަކީ އަބަދުވެސް މިފަދަ ހާއްސަ މުނާސަބަތަކުގައި، އެ ކުންފުނީގެ ކަސްޓަމަރުންނަށް އާ ޕްރޮމޯޝަންތައް ތައާރަފް ކުރާ ކުންފުންޏެއްކަން ފާހަގަކޮށްލެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިނަމަވެސް، ކޮވިޑް-19 ގެ ސަބަބުން މިއަހަރު މިނިވަންދުވަހުގެ ކުޅިވަރުތަކާއި، ހަފުލާތައް ނުބާއްވާގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ.



