ފޮޓޯ: ސަން

ޗައިނާއާއެކު އިތުރު މަޝްރޫއުތައް ހިންގަން ތައްޔާރު: ޝާހިދު

ޗައިނާއާއެކު އިތުރު މަޝްރޫއުތައް ހިންގަން ރާއްޖެ ތައްޔާރު ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ "ޒިންހުއާ" ނިއުސް އަށް ޝާހިދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނަ އަކީ ރާއްޖެއަށް އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ވަރަށް މުހިންމު ގައުމެއް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރު ކަމުގައެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހިދުގެ އެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

ދެގައުމު ގުޅިގެން މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމައި، އަދި މުސްތަގުބަލުގައި ވެސް އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ސިނަމާލެ ބުރިޖުފަދަ އެތައް އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ޗައިނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އެންމެ ގާތް ގުޅުމެއް ބާއްވާފައިވާ އެއް ގައުމެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގައި ޗައިނާ އާއި އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ