ރޭ ޗާންދަނީ ޖަންކްޝަން ސަރަހައްދުގައި އިދިކޮޅުން ފަރާތްތަކުން މުޒާހަރާ ކުރީ ހިޔާނާތުގެ މުޖުރިމުން، އިންސާފަށް ބިރުން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
ރޭ އިދިކޮޅު ކޯލިޝަންގެ އިން "މިނިވަން އިޖުތިޙާދުގެ" ގެ ނަމުގައި ބޭއްވި އެއްވުމާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމް އާއި ޕީއެންސީ އިން މީހުން ނުލާ ރޭ ބޭއްވި މުޒާހަރާ އަކީ އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރިޕޯޓްގައި ހިމެނޭ މުޖުރިމުން އިންސާފަށް ބިރުން ކުރި މުޒާހަރާ އެއް ކަމަށެވެ.
އަދި ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށާއި ވަގުން ހިފާ ހައްޔަރު ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
PPM aa PNC in meehun nulaa mirey beyvi muzaaharaa akey Assets Recovery Commission ge report gai himeney mujurimun insaafah birun kuri muzaaharaa eh. Thelunu varakah Dhaanee Hulhun’bu. Vagun hifaa hayyarukuraane!
— Hussain Shaheem (@AndhunHussain) July 26, 2020
އެއްވުމުގައި ބައިވެރިފައިވާ އިސް މީހުންގެ ތެރޭގައި ޤާސިމް، ޝީޔާމް އަދި ހީނާގެ އިތުރުން ފެނަކަ ނިމާލްއާއި ކުރީގެ އީސީގެ މެންބަރު ޝަކީލުވެސް ހިމެނެއެވެ. އެއްވުމުގެ ބައިވެރިން އިންސާފު ޤާއިމުކުރުމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ އިސްތިއުފާއަށް ގޮވާފައި ވެއެވެ.



