ޑރ.ޖަމީލް

ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނެގެން: ޖަމީލު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެހުރި ކުރިންކުރި ވެރިކަންވެސް ނިމިދިޔައީ ގަދަބަސް ބުނެގެންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ކަމެއް މިހާރު އޮތީ ބޮއްސުންލާފައިކަމަށެވެ.

އަދި އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެންކަމަށް ޖަމީލުވަނީ ތުޙުމަތު ކުރައްވާފައެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަންކަމަށާއި، އެކަމާއި ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެކަމަށާއި، ޤައުމު ވިއްކާލިޔަ ނުދޭނަންކަމަށް ޖަމީލުގެ މިޓްވީޓުގައި ވިދާޅުވެފައިވެއެވެ.

"ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް" ޖަމީލު ކުރެއްވި ޓްވީޓުގައިވެއެވެ.

ރައީސް މަޢުމޫނުގެ ވެރިކަން ނިމި އެމްޑީޕީ އިސްވެ އޮވެ އޭރުގެ އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އައީ 2008 ވަނަ އަހަރުއެވެ. އަދި އޭރުގެ ރައީސްކަމަށް ހުންނެވި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވާފައިވަނީ ގިނަ ކަންތައްތަކެއް ބޮއްސުންލައިގެން ގޮސްފައިވާކަމަށްބުނެ، އިދިކޮޅުން ފުލުފުލުގައި ކުރި މުޒާހަރަތާކައި ގުޅިގެންނެވެ. ޖުޑިޝާރީގެ ކޯޅުންވެސް އެދުވަސްވަރު ކުރިއަށްގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

(ތަފްޞީލު އަންނަނީ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ