އެމްޑީޕީގެ ޑިމޮކްރަސީ، އުތުރު ކޮރެއާ އަށްވުރެއް ގޯސް: ސައީދު

އެމްޑީޕީގެ ޑިމޮކްރެސީގެ ހާލަތު، އުތުރު ކޮރެއާގެ ޑިމޮކްރެސީއަށް ވުރެ ގޯސްކަމަށް ބުނެ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެރޭ ބޭއްވި މުޒާހަރާ އާއި ގުޅިގެން މުޒާހަރާދައި ބައިވެރިވި ބައެއް ފަރާތްތަކުން ފުލުހަށް ހާޒިރު ކުރުމަށް އަންގާފައިވާތީ، ސައީދު ކުރެއްވި ޓްވީޓްގައި ވިދާާޅުވެފައިވަނީ އެމްޑީޕީގެ ނަމަށް "ޑިމޮކްރެސީ" އައުމުން ހިތައް އަންނަނީ އުތުރު ކޮރެއާގެ ޑިމޮކްރެސީ ކަމަށެވެ. ނަމަވެސް އުތުރު ކޮރެއާ އަށް ވުރެ ވެސް، އެމްޑީޕީ ގެ ޑިމޮކްރެސީ ގޯސް ކަމަށް ވިދާލުވިއެވެ.

ސައީދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ކަމަކާ ޖެހިލީމަ މި ފެންނަނީ ދިޔަވާތަން ކަމަށާއި އެއްވެ އުޅުމާއި އަޑު އިފުލުންވެސް މިހާރު ގޯސްވީތޯ ސުވާލު ކުރައްވާފައި ވެއެވެ.

ނޯތް ކޮރެއާ އަކީ ޑިކްޓެޓަރޝިޕް އެެއް އޮންނަ ގައުމެކެވެ. އެ ގައުމުގެ ހުރިހާ ބާރެއްވެސް އޮންނަނީ ވޯކާސް ޕާޓީ އޮފް ކޮރެއާ ގެ އަތްމަތީގައެވެ.

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ އާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މި ދެ މީހުންނަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ 26 ވަނަ ދުވަހުގެ ރޭ ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ހިލާފަށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި ދެކޮޅަށް އަޑު އުފުލައި، އެ ޤާނޫނާއި ހިލާފަށް އަމަލު ކުރުމަށް އަމަލުކުރުމަށް އާންމުންނަށް ހިތްވަރުދީ، ޤާނޫނު އަސާސީގައި ބަޔާން ކުރާ އެއްތަނުން އަނެއްތަނަށް ދިޔުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މަހުގައި ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ހުރަސްއަޅާ، ޤާނޫނު ތަންފީޒު ކުރާ މުވައްޒަފުންނަށް ހުރަސް އަޅާ ދައުލަތުގެ މަސައްކަތް ކުރުމަށް ދަތިކޮށް ހުރަސް އެޅިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ