ކުރީގެ މެމްބަރު މުސްތަފާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާއަށް ހާޓްއެޓޭކް ޖެހުމާއެކު އައިޖީއެމްއެޗްއަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

މުސްތަފާގެ އާއިލާގެ މެމްބަރަކާއި ހަވާލާދީ "ހަމައެމްވީ" ނޫޙުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މުސްތަފާގެ ހިތުގެ ބައެއް ނާރުތައް ބްލޮކްވެފައި ހުރުމުން ރޭ ވަނީ ސަރޖަރީއެއް ހަދާފައެވެ. އަދި މިހާރު މުސްތަފާގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށްވެސް ބުނެފައިވެއެވެ.

މުސްތަފާ އަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވަނިކޮށް ޕީޕީއެމުން ވަކިވެގެން ކަމަށް ބުނެ ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ