އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ މުޒާހަރާ ނޫން ކަމަށާއި މިއީ ހައްދުފަހަނަ އަޅާ ދިއުން ކަމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާގައި ފުލުހުން ގަޔަށް ހައްޕުނޑު ޖެހި މައްސަލަ ބަލާނަނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުވި ވިދާޅުވެފައި ވަނިކޮށެވެ.
ރޭ މަޙްލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިއީ ބޮޑު ބިރުވެރި ބަލިމަޑު ކަމެއްގެ ތެރޭގައި ވަނިކޮށް ކޮށްފައިވާ، ހަޑި މުޑުދާރު ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިއީ މުޒާހަރާ ކުރުމާއި ހިޔާލު ފާޅު ކުރުމެއް ނޫން ކަމަށާއި މިއީ ހައްދުފަހަނަ އަޅާ ދިއުން ކަމުގައި ވިދާޅުވިއެވެ. ގާނޫނީ އިމުގެ ތެރެއިން މުޒާހަރާކޮށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ޒިންމާދާރު ވުމަށް މަޙްލޫފް ގޮވާލެއްވި އެވެ.
Bodu biruveri balimadukamehge thereygaivanikoh kohfaivaa hadimududhaaru dhashudharajaige amaleh.
Miee muzaaharaa kurumaai khiyaalufaalhukurumehnoon. Miee hahdhufahanaelhun.
Qaanoonee imugetherein muzaaharaakoh khiyaalufaalhukurumuge furusathu ebaoiy,zimmaadhaaru velavvaa. pic.twitter.com/8u1PCDNunp
— Ahmed Mahloof (@AhmedMahloof) July 28, 2020
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ބާއްވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މިވަގުތުު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ވަނީ ޕެޕަރސުޕްރޭ ޖަހައިފައެވެ. ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރސުޕްރޭ ޖަހައިފައިވަނީ، މަޖީދީ މަގާ ސޯސަން މަގާ ގުޅޭ ކަންމަތީގައި މުޒާހަރާގެ ބައިވެރިން އިށީންދެ އަޑު އުފުލަން ތިއްބައެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މުޒާހަރާގައި މާގިނަ އަދަދަކަށް ނޫނަސް އާމުން ބައިވެރިވެރި ވެފައިވެއެވެ. އަދި ސަލާމަތީ ކަންކަން ބަލަހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުރީގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްއާއި ޕީއެންސީގެ ނައިބު ރައީސް ސައީދުވެސް ވަނީ ހަރަކާތްތެރިވެފައެވެ.