ރައީސް މައުމޫން، އަލްހާން އަށް ޝުކުރު އަދާ ކުރައްވައިފި

 

ރައީސް މައުމޫން އަބްދުލް ގައްޔޫމް،2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާާ އަދި ކުރީގެ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީއަށް ޝުކުރު އަދާކުރައްވައިފިއެވެ.
އަލްހާން އަށް ޝުކުރު އަދާކުރައްވާފައިވަނީ އަލްހާން އިއްޔޭ ކުރެއްވި ޓްވީތަކަށް ރައްދު ދެއްވަމުންންނެވެ. އަލްހާން ފަހުމީ ކުރެއްވި ޓްވީތްގައި ބުނެފައިވަނީ އޭނާގެ ސިޔާސީ ޙަޔާތުގައި ތަޖްރިބާކުރި އެންމެ ކުޅަދާނަ ދިވެހި ސިޔާސީ ލީޑަރަކީ ރައީސް މައުމޫން ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ރަން ޒަމާން މާޒީވެ ދިޔަޔަސް، މިއަދުވެސް އެމަނިކުފާނަކީ ދިވެހިންގެ ވެރިކަން ދިވެހިން ހަވާކުކޮށްފައިވާ ވެރިއެއް ކަމަށެވެ. އަދި މައުމޫންއަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ އަލްޙާން!" މައުމޫން ވިދާޅުވިއެވެ.
https://twitter.com/maumoonagayoom/status/1288351906331426818?s=20

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އޭގެފަހުން ކުލަގަދަ ޖަލްސާއެއްގައި އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީ ތެރެއިން ނިއު އެމްޑީޕީއެއް އުފައްދަން އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެތެވެ. އަނެއްކާ އެ ޕާޓީއިން ވެސް ވަކިވެ، އެމްޑީޕީއާ ގުޅުނެވެ. އެމްޑީޕީއިން އޭނާ އެ ފަހަރު ވަކިކުރީ އެވެ.

އެއަށްފަހު އަލްހާން ވަނީ ޕީޕީއެމް އާއި ގުޅި މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރައްވާފައެވެ. އިންތިހާބުން ރައީސް ބަލިވުމާއިއެކު އަލްހާން ވަނީ ޕީޕީއެމް އިންވެސް ވަކިވެފައެވެ. މިދިޔަ މަޖިލިސް އިންތިޚާބުގައި އަލްހާން ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިވެސް ލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ