"ގަސްތުގައި ބަލި ފަތުރަން މަސައްކަތްކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ"

ގަސްތުގައި ބަލި ފަތުރަން މަސައްކަތްކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމުގައި ކުރީގެ މެންބަރު އަދި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އަލާމާތް ހުރިކަމަށް ބުނެވޭ މީހަކު އެ ބަލި ފެތުރޭފަދަ އަމަލެއް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ. އެ ވީޑިއޯގައި ފެންނަނީ މީހަކު އެމީހާ ނޭފަތް ފޮޅާ އަނގައާއި މޫނުގައި އަތް އުނގުޅުމަށްފަހު ދޮރެއްގެ ތަޅުގައި އުނގުޅާ މަންޒަރެވެ.

މިކަމާއި ގުޅިގެން އަލްހާން ވިދާޅުވެފައިވަނީ ތިމާއަށް ލިބޭ ދެރައާއި ގެއްލުން އަނެކުންނަށް ދޭން އުޅޭ މީހުންނީ އީމާން ނުވާމީހުންކަން ކަށަވަރުކަމަށެވެ.

މި ވީޑިއޯއާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މީސްމީޑިއާގައި ދަޢުރުވަމުންދާ ވީޑިއޯ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިކަމަށާއި، މި ވީޑިއޯގައި ތުހުމަތު ކުރެވޭ ގޮތަކަށް މީހެއްގެ އަމަލުތައް ހުރުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މި ވީޑިއޯއާއި ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވިސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވާ ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ