ޕާކިސްތާންގެ ޕްރައިމް މިނިސްޓަރގެ 2 އެޑްވައިޒަރު މަގާމުން ވަކިވެއްޖެ

ޕާކިސްތާންގެ ޕްރައިމް މިނިސްޓަރ އިމްރާން ހާންގެ އިސް 2 އެޑްވައިޒަރު މަގާމުން ވަކިވެއްޖެ އެވެ.

މަގާމުން ވަކިވެފައިވާ ބޭފުޅުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރ އޮފް ހެލްތް އޮފް ޕާކިސްތާން ޒަފަރް މިރްޒާ ހިމެނެއެވެ. މިރްޒާ ވަނީ ހެލްތް މިނިސްޓަރ ގެ މަގާމުގައި ހުރެ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިސް ދައިރެއް އަދާކުރައްވާފައެވެ.

މިރްޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްޕެޝިއަލް އެޑްވައިޒާސް ޓޫ ޕްރިއިމް މިނިސްޓަރ (އެސްއޭޕީއެމް) ގައި އަދާ ކުރައްވާފައިވާ ދައުރާ ބެހޭގޮތުން އޭނާ އާ މެދު ނުރުހުމުގެ ބަސްތަކާއި ތަފާތު ކުރުންތަކާހެދި މަގާމުން ވަކިވާކަމަށެވެ.އަދި އަހަރެން ވަރަށް ހިތްވަރާއި ތެދުވެރިކަމާއި އެކު މަސައްކަތް ކޮށްފައިވާނޭ ކަމަށާއި ޕާކިސްތާނަށް ހިދުމަތް ކުރެވުމަކީ ފަހުރެއް ކަމުގައި ވިދާޅުވިއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގެ ކުރީގެ މެންބަރު، ޕާކިސްތާނުގެ ސަރުކާރާ ގުޅިވަޑައިގެންފައިވަނީ މި ދިޔަ އަހަރުއެވެ.

މަގާމުން ވަކިވެފައިވާ ދެވަނަ އެޑްވައިޒަރަކީ ގޫގަލް ގެ ކުރީގެ އެގްޒެކިއުޓިވް އަދި ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޓާނިއާ އެއިޑްރަސް އެވެ. އޭނާ މަގާމުން ވަކިވެފައިވަނީ އޭނާ އަށް ސިޓިޒެންޝިޕް ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން ކަމަށެވެ.

އެއިޑްރަސް، ޕްރއިމް މިނިސްޓަރުގެ އެޑްވައިޒަރަކަށް ހަމަޖައްސަވާފައިވަނީ ޕާކިސްތާނުގެ "ޑިގިޓަލް ޕާކިސްތާން" ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ