ކޮފީ ޕެކެޓެއް ނެގީމަ ޖަލަށް ލާފާ ތިބި އާންމުން މިނިވަން ކުރަން ނުގޮވަނީ ކީއްވެ؟: ލޫކަސް ޖަލީލް

ކޮޕީ ޕެކެޓެއް ވަގަށް ނެގީމަ ޖަލަށް ލާފަ ތިބި އާންމުން މިނިވަން ނުކުރަން ނުގޮވަނީ ކީއްވެތޯ ސުވާލު ކުރައްވާ ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު މަޤާމް އަދާކުރައްވަމުން އަންނަ ޝައްމޫން ޖަލީލް (ލޫކަސް)، އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ރައްދު ދެއްވައިފިއެވެ.

އެގޮތުން ލޫކަސް ރައްދު ދެއްވާފައި ވަނީ ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް ( ދޮންބިލެތް ހަލީމް ) ދެއްކެވި ވާހަކަ ފުޅަކާއި ގުޅިގެންނެވެ.

ސަންގުޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު އަޙްމަދު ހަލީމް ވިދާޅުވެފައި ވަނީ، ކުރީގެ ރައީސުންގެ ވެރިކަން ނިމުމުން އެބޭފުޅުން ޖަލަށް ގެންދާ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، އަދި ރައީސް ޔާމިންއަށްވެސް ޖަލު ނޫން އެހެން ގޮތެއް އޮންނަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އަޙްމަދު ހަލީމްގެ މި ވާހަކަ ފުޅާއި ގުޅިގެން ލޫކަސް ވިދާޅުވެފައި ވަނީ މިއީ އެމްޑީޕީގެ މަޖިލިސް މެންބަރަކު ދެއްކި ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމަށާއި، ވެރިންނަށް އަދަބު ނުދެވޭ ނަމަ އެ ބުނެވެނީ ހިތުހުރިގޮތަކަށް ވެރިކަންކުރަންވީ ކަމަށެވެ.

"ވެރިން ވައްކަން ކުރީމަ ޖަލަށް ލެވެން ޖެހޭނެ. ކީއްވެ ނުގޮވަނީ ކޮފީ ޕެކެޓެއް ނެގީމަ ޖަލަށް ލާފާ ތިބި އާންމުން މިނިވަން ކުރަން؟" އަޙްމަދު ހަލީމްއަށް ރައްދު ދެެއްވައި ލޫކަސް ވިދާޅުވެފައިވެއެވެ.

މެންބަރު އަޙްމަދު ހަލީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީންއަށް ހަމްދަރުދީވާ ކަމަށާއި، ޔާމިން އަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށް ރައީސް ކަން ކޮށްފައިވާ ވެރިއެއްކަމަށެވެ. އެގޮތުން ރައީސް ޔާމިން އަށް ކުރެވުނު ކަމަކީ އުމުރު ހަމަނުވާ ކުއްޖަކާއި އެކު މާ ބޮޑަށް އުޅެވުނީމަ ދިމާވި މައްސަލަ އެއްކަމަށް ވިދާޅުވެ، އަޙްމަދު ހަލީމް ވިދާޅުވެފައިވަނީ މިއަދު ޔާމިން އަށް ހަޖޫ ޖަހައި އެމަނިކުފާނު ދެރަވާނެ ގޮތެއް ހެދުމަކީ މި ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫންކަމަށެވެ.

މިލިޔުން ކިޔާލުމުން
422
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޖޫނާ

    ކެނެރީގޭ ނަޝީދު މަޖިލިސް އިން 455 ރުފިޔާ ވައްކަން ކުރީމަ ޖަލައް ނުލީކިޔެއް!!!

  2. އާންމު ރައްޔިތެއް

    އެއީ ކޮފީ ޕެކެޓްއެއް ނޫން….އެއްވެސް ކަމެއްނުކޮށް ސިޔާސީ ކުޅިވަރުގަ މޮޅުކަން ދައްކަށް ރޮޒޭނާމެން ބުނާ ބަސް މޮޅުކުރަން ޖަލުގަ ތިބި ކުށެއްނެތް މީޙުންގެ ހައްގު ކޮބާ….ސަރުކާޜު ފެއިލް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ