ނޮޅިވަރަންފަރު މޮނިޓަރިންގ ހާލަތައް!

ހދ. ނޮޅިވަރަންފަރު މޮނިޓަރިންގ ހާލަތައް ގެނެސްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ނޮޅިވަރަންފަރު މޮނިޓަރިންގ ހާލަަތައް ގެނެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ ވިދާޅުވެފައިވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

ޖުލައި 28 ވަނަ ދުވަހު ހއ. ދިއްދޫ ސަވާރީ ބޯޓުގެ ފަޅުވެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވު ވެފައެވެ. އަދި އިއްޔެ އެ ބޯޓުގައި އުޅޭ 8 ފަޅުވެރިންނާއި ބޯޓުން ދަތުރު ކުރި އެކަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވު ވެފައެވެ. މި ބޯޓަކީ ހދ. ނޮޅިވަރަންފަރަށް ޖައްސާ ބޯޓެކެވެ. މި ބޯޓުން ނޮޅިވަރަންފަރަށް ވަރަށް މުދާ އެތެރެ ކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ