ޅަ އުމުރުގައި މީހުންނާ ރައްޓެހި ވާނަމަ ނުރައްކާ ބޮޑު..!

ހަޔާތުގެ ބައިވެރިއް ހޯދުމަކީ ކޮންމެ މީހަކަށްވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން ވަރަށް މުހިންމު ކަމެކެވެ. އެހެން ނަމަވެސް ޅަ އުމުރުގައި މީހުންނާ ރައްޓެހިވެ ބައިވެރިއަކު ހޯދުމަކީ ނުރައްކާ ބޮޑު ކަމެކެވެ.

ޓީނޭޖް ދުވަސްވަރަކީ ގިނަ މީހުންގެ ހަޔާތުގައި އަަންނަ އެންމެ އުފާވެރި ހިތްހަމަ ޖެހޭ ދުވަސްވަރެވެ. މި އުފާވެިކަން ގިނަފަހަރަށް ގެއްލިގެން ދަނީ މީހުންނާ ރައްޓެހިވާ ހިސާބުންނެވެ. ޓީނޭޖް ދުވަސްވަރަކީ ވަރަށް ގިނަ އާ ކަންތައްތައް ތަޖުރިބާ ކޮށްލަން ބޭނުންވާނެ ދުވަސްވަރެކެވެ. އެހެން ނަމަވެސް ކުއްޖަކާ ރައްޓެހިވާ ހިސާބުން އަމިއްލަ ހިތް ހަމަ ޖެހުމަށް ކުރާ ކަންތަށްތަށް އޮންނަނީ ގިނަފަހަރަށް ދޫކޮށްލަން ޖެހިފައެވެ. ޅަ އުމުރުގެ އުފާވެރިކަން ގެއްލިފައެވެ.

އަމިއްލަ ހިތް ހަމަ ޖެހުމަށް ކުރާ ކަންތަށްތަށް ދޫކޮށްލަން ޖެހުމުން މާޔޫސް ކަން ހިތަށް ލިބެއެވެ. އަދި މިކަމުގެ ސަބަބުން ޑިޕްރެޝަން އަށް ދިއުމުގެ ޗާންސް ބޮޑެވެ. ޑިޕްރެޝަނަށް ދާނަމަ ދިރިއުޅުން މަތިން އެބަ ފޫހިވެ ހިތް ނުތަނަވަސް ވެއެވެ. މިކަހަލަ ކަންތައްތަކުގެ ސަބަބުން ޅަ އުމުރުގައި ޑިޕްރެޝަނަށް ބޭސް ކުރަމުން އަންނަ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޅަ އުމުރުގައި މީހުންނާ ރައްޓެހިވާނަމަ ހިތް ހަލާކުވާލެއް އަވަހެވެ. ކެއުމެއް ބުއިމެއް ނެތި ހިތާމަ ކުރުމުގައި ހޭދަކުރާ މީހުން ގިނައެވެ، މިއީ އަމިއްލަ ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

ސްކޫލު ދުވަސްވަރު ބިޓުން ނެގުމަކީ މިހާރު އާންމު ކަމެކެވެ. މިކަމުގެ ސަބަބުން ކިޔެވުމަށްވުރެން ބޮޑަށް އެހެން ކަންކަމަށް އިސްކަން އެބަދެވެއެވެ. ލޯބިވެރިޔާ އާއި ޖެހޭ މައްސަލަތަށް ހައްލުކޮށް ހިތް ރުއްސާދީފައި ކިޔެވުމަށް ހޭދަކުރަން ޖެހޭވަގުތު އޮންނަނީ ނުދެވިފައެވެ. ކިޔެވުން ނިމި ވަޒީފާގެ މައިދާނަށް ނުކުން ހިސާބުން ކިޔެވުމުގެ މުހިންމުކަން އިހުސާސް ކުރެވޭނެއެވެ. ނަމަވެސް އޭރުން ވަގުތު އޮންނާނީ ފާއިތުވެފައެވެ.

ޅަ އުމުރުގައި މީހުންނާ ރައްޓެހިވާނަމަ ކޫސަނި މައްސަލަތައް ޖެހޭ ލެއް ގިނައެވެ. ލޯބިވެރިޔާ ހިތްހަމަ ޖެއްސުމަށްޓަކާ ކިތައްމެ ކަމެއް ކުރިޔަސް ގިނަފަހަރަށް ވަނީ ނާކާމިޔާބެވެ. އޭގެ ނަތީޖާއަކަށް ވަނީ ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން ދެ މީހުން ދުރުވާން ޖެހުމެވެ.

ވިސްނާލާށެވެ. ރައްޓެހިންނާ އާއިލާ މީހުންނާއެކު ހޭދަކުރަން ލިބޭ ވަގުތުވެސް ޅަ އުމުރުގައި މީހުންނާ ރައްޓެހިވެގެން ހޭދަކުރުމަށް ވުރެން މުހިންމެވެ.

މިލިޔުން ކިޔާލުމުން
2621033
ގުޅުންހުރި ލިޔުންތައް

2 Responses

  1. Aharen buny

    Rattehi vumuge namuga hiley anhenunnaa firihen kudhin gaigoalhi ve faahish amalu kurumaky shaitaany malhi eh. Ekamuge sababun hithah fini kameh hama jehumeh nulibeyne. Aslu sababu mi article liyunu myhaa ah neygunythy dhera van.

  2. Adam

    Dheenee gothun thi kamuga huri nurakkaa nukiyaa dhineema Varah hama nujehey kamah feney

    9
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ