މޫސުން ގޯސްވެ ވަ. އަތޮޅުން ލ.އަތޮޅަށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮކިލް ސަރވިސް އިން މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:30 އިން 14:30 ގެ ނިޔަލަށެވެ.
White Alert for Heavy rain pic.twitter.com/yT0xZF61Wc
— Maldives Meteorology (@MetMaldives) August 1, 2020
މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރި، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.



