ރައީސް ނަޝީދާއި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް

ރައީސް އިބޫއަށް ރައްޔިތުން ދިން ވޯޓަކީ ނަޝީދުއަށް ދިން ވޯޓެއް ނޫން: އަލްހާން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް ރައްޔިތުން ދިން ވޯޓަކީ މަޖިލީހުގެ ރައީސް ރައީސް ނަޝީދުއަށް ދިން ވޯޓެއް ނޫން ކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވަމުން އަންނަ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުއަށް ފަޑު ވިދާޅުވެ އަލްހާން ގިނަ ވާހަކަތަކެއް ދައްކަވަމުން އަންނައިރު، އަލްހާން ވަނީ އެމްޑީޕީގައި ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ފަހުން އެމްޑީޕީއަށާއި، ޚާއްސަކޮށް ރައީސް ނަޝީދަށް ގިނަފާޑު ކިޔުންތަކެއް އަލްހާން ދަނީ އަމާޒު ކުރައްވަމުންނެވެ.

އަލްހާން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައ ވިދާޅުވެފައި ވަނީ ޤައުމާ ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނު ނަމަވެސް ޤައުމުގެ ވެރިކަން ލިބޭނަމަ ރައީސް ނަޝީދަށް ހެޔޮކަމަށެވެ.

"ޤައުމުގެ ވެރިކަން ލިބެންޏާ އަންނި އަށް ހެވޭ ގައުމާ ރައްޔިތުންނަށް ކޮންމެ ޙާލެއް ޖެހުނަސް!" އަލްހާން ވިދާޅުވެފައިވެއެވެ.

ބަރުލަމާނީ ނިޒާމަކަށް ދާއީދުކޮށް ރައީސް ނަޝީދު ދާދި ފަހުން ދެއްކެވި ވާހަކަ ފުޅަށްވެސް އަލްހާން ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އަލްހާން ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް، ރައީސް ނަޝީދަޑށް ބޮޑުވަޒީރުކަން ނުލިބޭނެކަމަށެވެ.

އަލްހާން ވިދާޅުވެފައި ވަނީ އެބޭފުޅާއަކީ އެމްޑީޕީ މީހެއްކަމަށާއި، އަދި އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުހުސިނު

    ޢަހަރެން ޥޯޓް ދިނީ އިބްރާހިމް މުހައްމަދު ސޯލިހަށް އަހަންނެށް ތިބުނާ ކެނެރީގޭ ޢަންނީ ޢަކަށް ޥޯޓެއް ނުދެން ނުވެސް ދޭނަން ޢެއީ ޢޭނަގެ ޥެރިކަމުގައި ދިވެހި ދައުލަތާއި ރައްޔިތުންގެ މުދަތަކުގައި އޭނަ އިސްވެހުރެ ހުޅުޖަހާ އަދި ބޭރުގެ މީހުންނަށް ޜައީސް ޢޮފީހުގެ ޥަޒީފާތައްދީ ލާދީންޔަތު ފަތުރަން ޟަސައްކަތްކޮށް ދެންވެސް ޙެއްދެވިހާ ފާހިޝް ކަންތައްތަކައް ހިތްވަރު ދިނުމަށް އެމްޑީޕީ މީހުންނަށް ހިތްވަރުދެނީ އޭނަ އަޑީގަހުރެގެން ކަމުގައިވާތީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ