ޕޮޓޯ: ރާއްޖެ އެމްވީ

އީސީއަށް ހާޒިރުވެގެން ޚިދުމަތް ދިނުން މެދުކަނޑާލައި ރަސްމީ ގަޑިއަށް ބަދަލުގެނެސްފި

އިލެކްޝަންސް ކޮމިޝަން އަށް ހާޒިރުވެގެން ޚިދުމަތް ދިނުން މެދުކަނޑާލައި ރަސްމީ ގަޑިއަށް ބަދަލުގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާލުވެފައިވާ ގޮތުގައި ޢާންމު ފަރާތްތްކުން ކޮމިޝަނަށް ހާޟިރުވެ ހޯއްދަވަމުން ގެންދަވާ ޚިދުމަތްތައް މެދުކަނޑާލައި އަދި މިކޮމިޝަނުން މަކިގޮތެއް އަންގަންދެން 04 އޮގަސްޓް 2020 އިން ފެށިގެން ކޮމިޝަނުން ދެމުންދާ ޢާއްމު ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ، ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނެވެ.

އަދި އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑިއަކީ 04 އޮގަސްޓް 2020 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 13:00 ކަމަށް ވަނީ ހަމަޖައްސަވައިފައެވެ.

މި ބަދަލްތައް ގެނެސްފައިވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުން ގިނައީ އޮފީސް މާޙައުލުން ކަމަށް ހެލްތް ޕްރޮޓެކްޝަނ އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކަތީކަމަށް އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވިއެވެ.

ކޮމިޝަނުން ދެމުންދާ އެއްވެސް ޚިދުމަތެއް ލަސްވާނަމަ ނުވަތަ އިތުރު މައުލޫމާތެއް އޮޅުން ފިލުވަން ބޭނުންފުޅުނަމަ، އިލެކްޝަންސް ކޮމިޝަންގެ ސެކްރެތަރީ ޖެނެރަލް، ޚަސަން ޒަކަރިއްޔާ، މޯބައިލް ނަންބަރު (9867422) އަށް މެސެޖްކޮށް ދެންނެވުން އެދިވަޑައިގެންފައި ވެއެވެ. އަދި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ޢާންމު ފަރާތްތަކުން އެޚީތެރިކަމަ އެއްބާރުލުން ދެއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ