ރަށެއްގައި ކުރިއަށްދިޔަ ޢީދު ޙަރަކާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާއަށް ފުރައްސާރަކުރި ކުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށްފިއެވެ.
ޖޭޕީއިން ވިދާޅުވީ، އެޕާޓީގެ ލީޑަރ އަދި ލީޑަރުގެ އަނބިކަނަބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމުގައި ދެކޭކަމަށާއި އަދި އެޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ރާއްޖޭގެ ރަށެއްގައި ކުރިއަށްދިޔަ ޢީދު ޙަރަކާތެއްގައި އަންހެނަކާއި ފިރިހެނަކު އަތާއިއަތްގުޅުވާލައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު އަންމުވެފައިވާއިރު، މިވީޑިއޯގައި ފެންނަ ދެމީހުންގެ ތެރެއިން އެކަކު ހުރީ ޖޭޕީގެ ލީޑަރު ޤާސިމްގެ މޫނުގެ ޕޯސްޓަރެއް އޭނާގެ މޫނުގައި ތަތްކޮށްގެންނެވެ. އަދި އަންހެންމީހާ ހުރީ ނަހުލާގެ ފޮޓޯއެއް ތަތްކޮށްގެންނެވެ. އަދި މިމީހުންފެ އަމަލުތައް ހުންނަނީ ފެޝަން ސޯވއެއް ގޮތަށެވެ.
މީގެއިތުރުންވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ މޫނުފުޅު ޖަހައިގެން އަންނަ މީހަކުވެސް މިވީޑިއޯއެއް ފެނެއެވެ. އޭނާ ހުންނަނީ ކަރައެއް ހިފައިގެންނެވެ.
ޖޭޕީގެ ލީޑަރ އަދި ލީޑަރުގެ އަނބިކަނަބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނައުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއްކަމުގައި ދެކެން. މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. https://t.co/bW1DzribqX
— JP Secretariat (@JPSecretariat) August 4, 2020
ސިޔާސީ ފަރާތްތަކަށް ޖޯކު ޖަހައި ތަފާތު ޙަރަކާތްތައް ރާއްޖޭގެ ބައެއް ރައްރަށުގައި ކުރިއަން ގެންދިއުމަކީ ވަރަށް އާންމުކަމެކެވެ. ޚާއްސަކޮށް ޢީދުފަދަ މުނާސަބަތުތަކުގައެވެ. އެހެންނަމަވެސް މިފަދަ ކަމެއްގައި މީގެކުރިން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ކޮންމެ ބަޔަކު ކޮންމެ ބަޔަކާއި ދެކޮޅަށް ކުރިނަމަވެސް މިފަދަ ނޭދެވޭ ކަންކަމަކީ މިއަދު މުޖުތުމަޢުން ނައްތާލަންޖެހިފައިވާ ކަންކަމެވެ. އަހަރެމެންގެ ދީންވެސް މިފަދަ ކަންކަމަށް ފުރުޞަތު ނުދޭއިރު، މިފަދަ ކަންކަން ހުއްޓުވުމަށް ކޮންމެވެސް ބަޔަކު މިވަނީ ކުރިއަށް ނުކުންނަށް ޖެހިފައެވެ.
މިކަންތައް ކުށްވެރިކޮށް ބައެއް މީހުން މީސްމީޑިއާގައި މިހާރުވެސް ނުރުހުން ފާޅުކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.





ހިޔާލު
ހާދަހާ ދެރަކަމެކޭދޯ