ސިޔާސީ ޕާޓީތައް ސިޔާސަ ޕާޓީތަކަށް ބަދަލުވާ މަންޒަރު: އަލްހާން

މި ފެންނަމުން ދަނީ ސިޔާސީ ޕާޓީތައް ސިޔާސަ ޕާޓީތަކަށް ބަދަލުވާ މަންޒަރު ކަމަށް މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަދި ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ޙައްސާން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރާއެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމާ ގުޅިގެންނެވެ.

"އަޅުގަނޑުގެ ބްރަދަރ މޭނާ ހައްސާން ސިޔާސީ މަސައްކަތަށް ނުކުތުމަކީ ލިބުނު ހިތްވަރެއް! އަޅުގަނޑަކީ ހައްސާންގެ އެންމެ ބޮޑު އެއް ސަޕޯޓަރ، ރާއްޖޭގެ ނަންބަރު 1 ލެޖެންޑް! ވަގުތު ނެތޭ ވަގުތު ނެތޭ! މަސައްކަތަށް އެންމެން ނުކުމޭ! ޑީއާރްޕީއަށް މަރުހަބާ!" މޭނާ ޙައްސާން ޑިއާރުޕީއަށް ސޮއިކުރައްވާ ވީޑިއޯއާއެކު ޖާބިރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މޭނާ ޙައްސާން ޖާބިރާއެކު ސިޔާސީ މައިދާނަށް ނިކުތުމުން އަލްހާން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރު މި ފެންނަނީ ސިޔާސީ ޕާޓީތައް ސިޔާސަ ޕާޓީތަކަށް ބަދަލުވާ މަންޒަރު ކަމަށާއި ޑިމޮކްރަސީ ހަމަމަގަށް އަޅުވަން މަޖްބޫރު ކަމަށެވެ.

ޑީއާރުޕީއަށް ސޮއިކުރުމަށްފަހު މޭނާ ޙައްސާން ވިދާޅުވީ، ޑީއާރުޕީއާއި އޭނާ ގުޅުނީ އެޕާޓީއަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ޕާޓީއަށް ހެދުމުގެ ހެޔޮ ނިޔަތުގައިކަމަށެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރެއްވި އަލްހާން އެންމެ ފުރަތަމަ ހަރަކާތްތެރިވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ