ރައީސް މުޙައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް

ކޮންމެ ފަހަރަކުވެސް ވާގޮތަކީ ގުމްރީ އަތުން ދޫވަނީ: ރައީސް ނަޝީދު

ކޮންމެ ފަހަރަކުވެސް ވާގޮތަކީ ގުމްރީ އަތުން ދޫވަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ 17 އަހަރު ދުވަހުގެ ދިގު މަސައްކަތަކަށްފަހު ފާސްކޮށްފައިވާ އަދި އެހާތަނަށް 7 އަހަރު ނުވާ ޤާނޫނު އަސާސީއެއް ވުޖޫދުގައި އެއިރުވެސް އޮތްއިރު، 2008 ވަނަ އަހަރު މުޅިން އަލަށް އަނެއްކާ ޤާނޫނު އަސާސީއެއް އެކުލަވާލުމަށްޓަކައި ސަރުކާރުން މަސައްކަތް ފައްޓަވަން ޖެހުނު ސަބަބަކީ ކޮބައިތޯ އެއްސެވުމުންނެވެ.

"މޫން ލައިޓް" ޤާނޫނު އަސާސީ އިސްލާޙް ކުރައްވަން ޖެހޭ ކަމަށް ރައީސް މަޢުމޫން ވިދާޅުއްވާފަ، 17 އަހަރު އެކަން ނުކުރައްވާ އެކިއެކި ހުއްޖައްތައް ދައްކަވަމުން ދިޔަ ކަމަށެވެ. އަދި ދޫ ދިނުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ދިވެހި ވެރިން ޤާނޫނު އަސާސީ ގެންގުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ވާގޮތަކީ ގުމްރީ އަތުން ދޫވަނީ. އަތުން ދޫވީމާ ދެނެއް، އެ ހިފޭކަށެއް ނޯވޭ ފަސޭހަކޮށެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުރަތަމަ ޤާނޫނު އަސާސީންސުރެ ފެށިގެން ކޮންމެ ފަހަރަކުވެސް، ދިވެހި ވެރިން ޤާނޫނު އަސާސީގެ ވާހަކަ ދައްކަވަން ފަށަނީ ދިވެހި ރައްޔިތުން އިތުރު ހައްޤުތައް، އިތުރު ބާރުތައް ބޭނުންވެގެން، އެވާހަކަ ދައްކަވާން ފެށީމައި ދިވެވި ވެރިންނަށް ބާރުތައް މަދުވެގެން ދާތިވެ ކަމަށެވެ. އަދި ރައްޔިތުންނަށް ރައްޔިތުން އެދޭ ބާރުވެރިކަން ނުދިނުމަށް ދައްކާ ހުއްޖަތެއްގެ ގޮތުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނޫ ޤާނުނު އަސާސީއާއި ހަމަޔަށް އައުމަށް ލަސްވީވެސް އެހެން ވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ނޫ ޤާނޫނު އަސާސީ އާއިއެކު އެމަނިކުފާނަށް އޭގެ ވާނާއި ހިތާމައާއި އަނިޔާ ވަރަށް ގާތުން ފެނުނު ކަމަށެވެ. އަދި މި ޤާނޫނީ ދަޢުލަތަށް އެމަނިކުފާނު އަދަގޮނޑީގައ އޮތް ދުވަހެއްވެސް އަދި ޗޭނު ޖަހާފައި އޮތް ދުވަހެއްވެސް މަދެއް ނުވާނެ ކަމަށެވެ.

ނޫ ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ ވާހަކަ ރައީސް މައުމޫން އޭރު ދައްކަވަން ފެއްޓެވީ އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރަން އެދުނީމައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ޤާނޫނު އަސާސީ ޖާގަ ނުދޭ ކަމަށް އޭރު ރައީސް މައުމޫން ވިދާޅުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޗަކޮއި ކައިޒީން

    މީ ފިސާރި ވަރުގަދަ ރޯނުއެދުރެއް. ޗަކޮއި ޢަހާލަބަލަ ވެރިކަން އަތުން ބީވެގެން ދިޔައީ ކިހިނެއްތޯ. މޮޅެތިގޮތްގޮތަށް ކިޔާދޭނެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ