ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކެފެޓޭރިއާއަކާއި ގިފްޓް ޝޮޕެއް ތަރައްޤީކުރަނީ

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކެފެޓޭރިއާއަކާއި، ގިފްޓް ޝޮޕެއް ތަރައްޤީކޮށް ހިންގާނެ ފާރާތެއް ހޯދުމަށް އިޢްލާންކޮށްފިއެވެ.

އެހޮސްޕިޓަލުން މި މެއި މަހުގެ 13 ވަނަ ދުވަހު ކުރި އިޢްލާންނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރުން އޮންނާނީ 20 މެއިވާ ހޯމަ ދުވަހުގެ 9:00 ން 13:00 ށެވެ. 

މި މަސައްކަތުގެ ޕްރީބިޑް މީޓިންގ 23 މެއި ވާ ބުރާސްފަތި ދުވަހު 10:00 ގައި އަދި ޕްރޮޕޯސަލް ހުށަހެޅުން 28 މެއި ވާ އަންގާރަ ދުވަހުގެ 10:00 ގައި އޮންނާނެކަމަށް އެ ހޮސްޕިޓަލުން ކުރި އިޢުލާނުގައި ބުނެފައިވެއެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މާލެ ފިޔަވައި ރާއްޖޭގައި އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކެފޭއެއް އަދި ފިހާރައެއްގެ ޚިދުމަތް ދެމުންނެއް ނުދެއެވެ. ހޮސްޕިޓަލްގެތެރޭގައި މިޚިދުމަތްތައް ޤާއިމްވެގެން ދިއުމަކީ އެހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި މިފަދަ ޚިދުމަތްތައް ދެމުންދާއިރު، އަތޮޅު ތެރޭގައި ޤާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފަސޭހަވާނެ ޚިދުމަތްތައް ޤާއިމުކުރުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް