އަލްހާން ފަހުމީ ރައީސް ނަޝީދުއާއެކު - ފޮޓޯ: އަވަސް

އެމްޑީޕީއަށް ކައުންސިލްތައް ދިނުމަކީ މޮޔަކަމެއް: އަލްހާން

މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ކައުންސިލްތައް ދިނުމަކީ މޮޔަކަމަކަށް ނޫނީ ނުވާނެ ކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވަމުން އަންނަ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ވެރިކަމައި އަދި މަޖިލިސް ދެވިއްޖެކަމަށާއި މީގެ އިތުރުން ކޯޓުތައްވެސް ފޭރިގަންފިކަމަށެވެ. އެހެން ކަމުން އަލްހާން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ކައުންސިލްތައް ދިނުމުގެ ބޭނުމެއް ނެތްކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވަނީ ބޮޑު އަޣްލަބިއްޔަތެއް ހޯދަދީފައެވެ. އެގޮތުން މަޖިލީހުގެ 65 ގޮނޑިއެއް އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފައެވެ. މި އިންތިޚަބުގައި ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ފަރާތްތަކުންނެވެ. އެގޮތުން މިނިވަން ކެނޑިޑޭޓުން މަޖިލީހުގެ 7 ގޮނޑިއެއް ކާމިޔާބު ކުރި އިރު، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމް އަށް ކާމިިޔާބު ކުރެވިފައިވަނީ އެންމެ 5 ގޮނޑިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަން 2018 ވަނަ އަހަރު ނިމުމަކަށް ގެނެސްފައިވަނީ އެމްޑީޕީ އިސްވެ އޮވެ ގިނަ ޕާޓީތަކެއް އެކުވެ އުފެއްވި ބޮޑު ކޯލިޝަނަކުންނެވެ. އެމްޑީޕީ އިން ވެރިކަން ހޯދުމަށް ކުރި މަސައްކަތުގައި ވަނީ ޖުޑީޝަރީ އިސްލާހު ކުރުމަށްވެސް ވަޢުދުވެފައެވެ. އެގޮތުން މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުމާއެކު ޖުޑީޝަރީއަށް ބޮޑެތި ބަދަލުތަކެއް މަޖިލީހުން ވަނީ ގެނުވާފައެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައިވެސް އެމްޑީޕީ އިން ދަނީ ބޮޑު ކާމިޔާބީއެއް ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ